ވިޔަފާރި

އެމްޕީއެލްއަށް 30 މިލިއަން ރުފިޔާގެ އިކުއިޕްމަންޓް ގެނެސްފި


މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް، އެމްޕީއެލްގެ މަސައްކަތަށް 30 މިލިއަން ރުފިޔާ އައު އިކުއިޕްމަންޓް ގެނެސްފިއެވެ.

އެމްޕީއެލްއިން މިފަހަރު ގެނެސްފައިވަނީ ދެ ބާޖް ހޭންޑްލަރ އާއި ފަސް ޓަރމިނަލް ޓްރެކްޓަރއެވެ.

ފިންލޭންޑުގެ ކަލްމާ ބްރޭންޑުގެ މި ސާމާނު ތަކަކީ ކޮންޓެއިނަރ އުފުލާ ބޭލުމުގެ މަސައްކަތަށް ގެނެސްފައިވާ ސާމާނުކަމަށް އެމްޕީއެލްއިން ބުނެއެވެ.

އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ އެމްޕީއެލްގައި މިހާރު ބޭނުންކުރަމުންދާ ގިނަ ސާމާނުތަކަކީ ބާވެ ހަލާކުވެފައިވާ ސާމާނުތަކެއްކަމަށެވެ. އަދި އަލަށް ގެނެވުނު ސާމާނުތަކަކީ އެމްޕީއެލްގެ އޮޕަރޭޝަންތަކަށް މުހިއްމު ސާމާނުތަކެއްް ކަމަށާއި ކަލްމާ ބްރޭންޑްގެ މި ސާމާނުތަކަކީ އެމްޕީއެލްގެ މަސައްކަތްތައް އަވަސްވުމަށް އެޅުނު ފިޔަވަޅެއްކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. އަދި އަލަށް ގެނެވުނު ސާމާނުތަކާއެކު މަސައްކަތްތަކަށް ފަސޭހަ ވެގެންދާނެ ކަމަށްވެސް އެމްޕީއެލްގެ ސީއީއޯ ވިދާޅުވިއެވެ.

އެމްޕީއެލްއަށް އަލަށް ގެނެވުނު ސާމާނުތަށް މިހާރު ބޭނުންކުރަން ފަށާފައިވާކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.