ސިޔާސީ

ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އުފެއްދުމާގުޅޭ ބިލް ބަލައިގެންފި


ނެޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އުފެއްދުމަށް ހުށައެޅި ބިލް މަޖިލީހަށް ބަލައިގެންފިއެވެ.ސަރުކާރުގެ ފަރާތުން ދިއްގަރު ދާއިރާގެ މެމްބަރު އަޙްމަދު ފާރިސް މައުމޫން ހުށައެޅުއްވި ބިލް މަޖިލީހަށް ބަލައިގަތީ ވޯޓުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.ނެޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރު އުވާލުމަށްފަހު، ނެޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއެއް އުފެއްދުމަށް ސަރުކާރުގެ ފަރާތުން ފާރިސް މައުމޫން ހުށައެޅުއްވި މިބިލަކީ ގުދުރަތީގޮތުން ދިމާވާ ކާރިސާތަކުގައި، ދިވެހި ރައްޔިތުންގެ ގެދޮރާއި، މުދަލާއި، ރާއްޖޭގެ ތިމާވެއްޓާއި، އަދި އެނޫންވެސް ގުދުރަތީ ކާރސާތަކަށް ރާއްޖޭގެ ސަރަހައްދާއި، ރައްޔިތުން ހުށައެޅިފައިވާތީ، ކާރިސާތައް ހިނގުމުގެ ކުރިން ދުރާލާތައްޔާރުވުމުގެ ގޮތުން ގައުމީ ސިޔާސަތުތައް ކަނޑައެޅުމަށް ހުށައަޅަފައިވާ ބިލެކެވެ.ބިލް ހުށައެޅުއްވަމުން ފާރިސް ވިދާޅުވީ، ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރު އުވާލުމަށްފަހު، ގިނަ މަސްއޫލިއްޔަތުތަކާއިއެކު  ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއެއް އުފެއްދުމުން ގާނޫނީގޮތުން އެއޮތޯރިޓީއެއް ބާރުތަކެއް ލިބުމަކީ ކާރިސާތަކަށް ތައްޔާރުވުމަށް އެޅޭ މުހިއްމު ފިޔަވަޅެއްކަމަށެވެ. އަދި މިގާނޫނުގެ ދަށުން ކޮންމެ އަތޮޅަކާއި، ރަށެއްގައި ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީއެއް އެކުލަވާލަން ޖެހޭނެކަމަށްވެސް ބުނެފައިވެއެވެ.މިބިލުގެ ބަހުސް ކުރިއަށްދިޔައިރު، މެންބަރުންވަނީ މި ބިލަކީ މުހިންމު ބިލެއްކަން ފާހަގަކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން މިފަދަ ބިލެއްގެ މުހިއްމުކަން 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީއާއި، މިދިޔައަހަރުގެ ޑިސެމްބަރުމަހު މާލެ ފެނަށް ޖެހުމުގެ ކާރިސާއިން ހާމަވެގެން ގޮސްފައިވާކަން މެންބަރުންވަނީ ފާހަގަކުރައްވާފައެވެ.ފާރިސް ހުށައަޅާފައިވާ ބިލުގައި ބުނެފައިވަނީ، މި ބިލު ފާސްވެ ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވާތާ 30 ދުވަހުގެ ތެރޭގައި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީއެއް އުފައްދަން ޖެހޭނެކަމަށާއި، އެއޮތޯރިޓީގެ އެންމެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ޗީފް އެގްޒެކެޓިވެއް އަދި ޑެޕިއުޓީ ޗީފު އެގްޒެކެޓިވެއް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަން ޖެހޭ ކަމަށެވެ.ހައްދުންމަތީ ގާދޫއަކީ މީހުން ބަދަލުކުރާ ރަށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ރަށެއްކަމުން އެރަށުން އިތުރަށް ގޯތިދޫކުރުމާ،ގޯތި ބެހުމާއި، ގެދޮރުގައި އިތުރަށް އުމްރާނީ މަސައްކަތްފަދަ ކަންކަން ނުކުރުމަށް ހައުސިންގ މިނިސްޓްރީން އަންގައިފިއެވެ.ހައުސިންގ މިނިސްޓްރީން މިގޮތަށް އަންގާކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ގާދޫއަކީ މީހުން ބަދަލުކުރާ ރަށެއްގެ ގޮތުގައި ފަނަރ ޑިސެންބަރ 2014 ގައި ކަނޑައަޅުއްވާފައިވާ ރަށެއްކަމަށެވެ. އަދި މިގޮތަށް ކަނޑައެޅުއްވުމާ ގުޅިގެން އެރަށުގައި ހުރި ގޯތީގެދޮރާއި، ގޯތި ގެދޮރުގައި ކޮށްފައިވާ އުމްރާނީ މަސައްކަތްތަކުގެ ސާވޭއެއް، މިއަހަރުގެ މާރޗްމަހުގެ އަށާރައިން ވިއްސަށް ކޮށްފައިވާތީ، އަލަށް ގޯތި ދޫކުރުމާއި، ގޯތި ގެދޮރުގައި އިތުރު އުމްރާނީ މަސައްކަތް ކުރުމާއި، ގޯތި ބައިކުރުމާ، ގޯތީގެ ބައިބައި ވިއްކާ، ދީ ހެދުންފަދަ މުއާމަލާތްތައް ނުކުރުމަށް އެމިނިސްޓްރީން ވަނީ އާންމުކޮށް އިއުލާންކޮށްފައެވެ.