ޚަބަރު

ސްރީ ލަންކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރާ ފަރާތަކަށް ބޮޑު ގޮންޖެހުންތަކެއް އެބަހުރި: އެޗް.އާރް.ޑަބްލިއު


މި އަންނަ ހޮނިހިރު ދުވަހު ސްރީ ލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވާ ފަރާތަކަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭނެކަމަށް އިންސާނީ ހައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ޖަމާޢަތެއްކަމަށްވާ ހިއުމަން ރައިޓްސް ވޮޗުން ބުނެފިއެވެ.

ހިއުމަން ރައިޓްސް ވޮޗުން ބުނެފައިވަނީ ރިޔާސީ އިންތިޚާބު ކާމިޔާބުކުރާ ފަރާތަކަށް އެންމެ ގިނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހިވަޑައިގަންނަވާނީ ވޭތުވެދިޔަ ތަނުގައި އެ ޤައުމުގައި ހިންގާފައިވާ އެކި އެކި ޖަރީމާތަކަށް އިންސާފު ހޯދައިދިނުމަށްކަމަށާ ކުރިއަށް އޮތްތަނުގައި މިފަދަ ޖަރީމާތައް ނުހިންގާނެކަން ކަށަވަރުކުރުމަށްކަމަށެވެ. އެ ޖަމާޢަތުން ބުނެފައިވަނީ ގިނަ އަހަރުތަކަށް ދިގުލައިގެން ދިޔަ އެ ޤައުމުގެ ދާޚިލީ ހަނގުރާމަ 2009ވަނަ އަހަރު ނިމުނު ފަހުން ޚިޔާލު ފާޅުކުރުންފަދަ ހައްޤުތައް ކަށަވަކުރުމުގައި އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކުން ކުރިއެރުންތައް ހޯދާފައިވާ ކަމަށެވެ. އެހެން ނަމަވެސް، ހަނގުރާމައިގައި ދެފަރާތުން ހިންގާފައިވާ ޖަރީމާތަކަށް ޖަވާބުދާރީކުރުވުމަށް އެކަށިގެންވާ މަސައްކަތްތައް ކުރެވިފައިނުވާކަން އެ ޖަމާޢަތުންވަނީ ފާހަގަކޮށްފައެވެ.

އެ ޖަމާޢަތުން ބުނެފައިވަނީ މިމަހުގެ 16ވަނަ ދުވަހު އެ ޤައުމުގައި އޮންނަ އިންތިޚާބު ކާމިޔާބުކުރައްވާ ފަރާތަކުން އިންސާނީ ޙައްްޤުތައް ރައްކާތެރި ކުރުމަށް ކުރާ މަސައްކަތްތައް ސަރަޙައްދީ ބާރުތަކާ ބައިނަލްއަޤްވާމީ ފަރާތްތަކުން ގާތުން ބަލަމުންދާނެކަމަށެވެ.