ޚަބަރު

އިޒްރޭލުގެ ޖަރީމާތަކާއި ދެކޮޅަށް ފިޔަވަޅުއެޅުމަށް ގޮވާލައިފި


އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނާއި ދެކޮޅަށް މިދިޔަ އަހަރު ހިންގި ޖަރީމާތައް ވަގުތުންވަގުތަށް ބަލައި އެ ގައުމުގެ ވެރިންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓަށް ރާއްޖެއިން ގޮވާލައިފިއެވެ.ރާއްޖޭން މިކަމަށް ގޮވާލާފައި ވަނީ މިހާރު ކުރިއަށްދާ އިންސާނީ ހައްގުތަކާ ބެހޭ އދ.ގެ ކައުންސިލްގެ ބައްދަލުވުމުގައި، އިޒްރޭލުން ގާޒާގައި މިިދިޔަ އަހަރު ހިންގި އުދުވާނުގެ މައްސަލަ ބެލުމަށް އުފައްދާފައިވާ އދ.ގެ ކޮމިޝަނުގެ މަސައްކަތްތައް ވަޒަންކުރުމަށް ބޭއްވި ސެޝަންގައެވެ.އެ ސެޝަންގައި ދިވެހި ވަފުދުން އިއްވި ބަޔާނުގައި ، ޣައްޒާ ގެ އުދުވާނުގައި އިޒްރޭލުން ރޯދަ ވީއްލާ ވަގުތާއި ހާރުދަމު ފަދަ ވަގުތުތަކަށް އަމާޒުކޮށް ހަމަލާތައް ދީފައިވާ ކަމަށާއި އެހެންނަމެސް އދ.ގެ ތަހުގީގަށް އިޒްރޭލުން އެއްވެސް ވަރަކަށް އެއްބާރުލުން ދީފައި ނުވާތީ، އެއިން އެއްވެސް ކަމެއް ތަހުގީގުކުރެވޭ ގޮތް ވެފައިނުވާކަން ހިތާމައާ އެކު ފާހަގަކުރާ ކަމަށެވެ.ރާއްޖެއިންވަނީ އިޒްރޭލުގެ އެލާއިންސާނީ އަމަލުތައް މިހާރުން މިހާރަށް ތަހުގީގުކޮށް ފަލަސްތީނުގެ ރައްޔިތުންނަށް ލިބުނު އަނިޔާތަކަށް އިންސާފު ހޯދައިދިނުމަށް ގޮވާލާފައެވެ.