ޚަބަރު

ޑެންގީ ކޮންޓްރޯލް ކުރުމަށް ސާފުކުރުމުގެ ހަފްތާއެއް ފާހަގަ ކުރަނީ


ޑެންގީހުން
ކޮންޓްރޯލްކުރުމުގެ ގޮތުން މަދިރި އާލާވާ ތަންތަން ނައްތާލުމަށް "ކްލީނިންގ
ވީކެންޑް"އެއް ފާހަގަކުރުމަށް ރާވަމުންދާކަމަށް ހެލްތް މިނިސްޓްރީން
ވިދާޅުވެއްޖެއެވެ.



 



ރާއްޖެ
މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހެލްތް މިނިސްޓްރީގެ ކޯޑިނޭޓަރ
މުހައްމަދު އަހުމަދު ވިދާޅުވީ، މަދިރި ކޮންޓްރޯލްކުރުމަށް ފަށާފައިވާ މަދިރި
ރުޅިރުޅި ކެމްޕޭންގެ އިތުރުންވެސް، އެހެނިހެން ގޮތްގޮތުން މަދިރި ނައްތާލުމަށްޓަކައި
އާއްމުންނަށް ހިތްވަރު ދިނުމުގެ ގޮތުން މިނިސްޓްރީން މަސައްކަތް
ކުރައްވަމުންދާކަމަށެވެ. އެގޮތުން މަދިރި އުފެދޭގޮތަށް ހުންނަ ތަންތަން ބަލައި،
އެފަދަ ތަންތަން ނައްތާލުމަށްޓަކައި ސާފުކުރުމުގެ ޕްރޮގްރާމެއް ވަރަށް އަވަހަށް
ފެށުމަށް ނިންމާފައިވާކަމަށާއި، އެކަމާގުޅޭގޮތުން ކަމާގުޅުންހުރި އިދާރާތަކާއެކު
މަޝްވަރާތައް ކުރައްވަމުންދާކަމަށް މުހައްމަދު އަހުމަދު ވިދާޅުވިއެވެ.



 



މަދިރި
ގިނައިން އާލާވާ ތަންތަނަށް ބަލާއިރު، ފަހަކަށް އައިސް ކޮންސްޓްރަކްޝަން
ސައިޓްތަކުގައި މަދިރިއާލާވާ މިންވަރު އިތުރުވަމުންދާކަން
ފާހަގަކުރެވިފައިވާކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތުދެއެވެ. އެހެންކަމުން
އެފަދަ ތަންތަނުގައި ފެންހަރުލާ ފަދަ ގޮތްގޮތަށް ހުންނަ ތަންތަން ނައްތާލުމަށް
ސައިޓްތަކުގައި މަސައްކަތް ކުރާ ފަރާތްތަކުންވެސް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް
މިނިސްޓްރީން އިލްތިމާސްކުރެއެވެ.



 



ރޭގެ
ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހެލްތް މިނިސްޓްރީގެ ސްޓޭޓް
މިނިސްޓަރ ޑރ. މުހައްމަދު ހަބީބް ވިދާޅުވީ، ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް
ޑެންގީއަށް ފަރުވާދެވޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށާއި، މާލޭގައިވެސް މިބަލި
ޖެހިގެން ޑޮކްޓަރަށް ދެއްކުމަށްދާ ފަރާތްތަކަށް ފަސޭހައިން ޑޮކްޓަރަށް
ދެއްކޭނެފަދަ ލުއިގޮތްތަކެއް ހޯއްދަވައިދެއްވުމަށް މަސައްކަތްތަކެއް ކުރައްވަމުންދާކަމަށެވެ.