ޚަބަރު

ފިއްލަދޫ ހޮލިޑޭ ކަޕްގެ ގުރުއަތުލުން ބާއްވައިފި


ހއ.ފިއްލަދޫގެ ޒުވާންނުންގެ މެދުގައި ފުޓްބޯޅައިގެ ހުނަރު ކުރިއެރުވުމާއި ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ ގޮތުން ފިއްލަދޫގައި ކުރިއަށްގެންދާ ހޮލިޑޭ ކަޕްގެ ގުރުއަތުލުން ބާއްވައިފިއެވެ.

މި ގުރުއަތުލުން ބާއްވާފައިވަނީ ފިއްލަދޫ ސުކޫލުގައި މިކަމަށްޓަކައި ބޭއްވިރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާނަކީ ޑިވިޝަން ކޮމާންޑާރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަލީ ފާއިޒް އެވެ. މި މުބާރާތުގައި ޖުމްލަ 5 ޓީމަކުން ބައިވެރިވެފައި ވާއިރު މުބާރާތުގެ ފުރަތަމަ މެޗް މިމަހުގެ 26 ވަނަ ދުވަހުގެ ހެންދުނު 6:15 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ހެނދުނު އަދި ހަވީރު މި މުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވާއިރު ދެވަނަ މެޗް އެދުވަހުގެ ހަވީރު 15:45 ގައި ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގެ ފައިނަލް މެޗް ޑިސެމްބަރު 3 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވެއެވެ.