ސިޔާސީ

އިތުބާރުނެތްކަމުގެ ވޯޓްނެގުމަށް 61 މެންބަރަކު ސޮއި ކޮށްފި


ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދުގެ އިތުބާރުނެތްކަމުގެ ވޯޓްނެގުމަށްޓަކައި ޕީ.ޕީ.އެމްއާއި އެމް.ޑީއޭ ކޯލިޝަނުން މަޖިލީހަށް ވައްދާ ގަރާރުގައި ރެއާހަމައަށް 61 އެއް މެންބަރަކު ސޮއި ކޮށްފައިވާކަމަށް އެކޯލިޝަނުން ބުނެފިއެވެ.ޕީ.އެސް.އެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ޕީ.ޕީ.އެމް ޕާލިމެންޓްރީ ގްރޫޕްގެ ބާރަށު ދާއިރާގެ  މެންބަރ އިބްރާހީމް ސުޖާއު ވިދާޅުވީ، މިހާތަނަށް ގަރާރުގައި ސޮއިކުރެއްވި 61 މެންބަރުންނާއެކު މިއަދު ނައިބްރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާނެކަމަށެވެ.މިކަމަށްޓަކައި މެންބަރުންގެ ސޮއި ހޯދުމަށް ކުރާ، މަސައްކަތުގައި މިއަދު އެ މައްސަލަ މަޖިލީހަށް ހުށައެޅުމާއި، ހަމައަށްވެސް އިތުރު މެންބަރުންގެ ސޮއި ހޯދުމަށް މަސައްކަތްކުރައްވާނެކަމަށް ސުޖާއު ވިދާޅުވިއެވެ.ޕީ.ޕީ.އެމް އާއި، އެމް.ޑީ.އޭގެ މެންބަރުންގެ އިތުރުން އިދިކޮޅު އެމް.ޑީޕީގެ 6 މެންބަރަކު މިހާރު ވަނީ މިގަރާރުގައި ސޮއިކޮށްފައެވެ.