ޚަބަރު

ކަނޑުމަތީގެ ރައްކާތެރިކަމާ ގުޅޭ ޕްރޮގްރާމެއް ހއ މޮޅަދޫގައި ހިންގައިފި


ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ހއ މޮޅަދޫ ސްކޫލްގައި މިއަދު ކުރިއަށް ގެންގޮސްފިއެވެ.

މިފަދަ ޕްރޮގްރާމްތަކުގެ ބޭނުމަކީ ކަނޑުމަތީގައި ހިނގާ ޙާދިސާތަކަށް ދަރިވަރުން ހޭލުންތެރިކުރުމާއި ދަތުރަކަށް ފަށާއިރު އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެކުދިންނަށް އޮޅުންފިލުވައިދީ ހޭލުންތެރިކުރުވުން ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

އެމްއެންޑީއެފް ނޮދަން އޭރިއާއިން އިންތިޒާމު ކޮށްގެން މޮޅަދޫ ސްކޫލްގެ ދަރިވަރުންނާއި މުދައްރިސުންނަށް އަމާޒުކޮށްގެން ހިންގި މި ޕްރޮގްރާމްގައި މުދައްރިސުންނާއި ދަރިވަރުންނާއިއެކު 90 ފަރާތަކުން ބައިވެރިވެފައިވެއެވެ.

ކަނޑުމަތީގެ ހާދިސާތަށް އިތުރުވަމުން އަންނައިރު ދާދިފަހުން ވަނީ ލޯންޗެއްގެ ބުރަފަތީގައިޖެހި މީހެއްގެ ފައި ބުރިވެފައެވެ. އަދި ހދ ނޮޅިވަރަމް އިން ފުރައިގެން ހދ ހަނިމާދޫއަށް ދަތުރު ކުރަނިކޮށް ޑިންގިއެއް ބަންޑުން ޖަހާލައި 5 މީހަކުވަނީ މަރުވެފައެވެ.