ޚަބަރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަނެއްކާވެސް ބޭރުގެ 2 ބޯޓެއް ހިފަހައްޓައިފި


ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަނެއްކާވެސް ރާއްޖެއިން ބޭރުގެ މަސްވެރިކަންކުރާ ވައްތަރުގެ 2 ބޯޓު ހިފަހައްޓައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މި ދެބޯޓު ފެނިފައިވަނީ ހއ. ތުރާކުނުގެ ހުޅަނގު އުތުރުން 29 ނޯޓިކަލް މޭލު ބޭރުންކަމަށެވެ. އަދި މި ދެ ބޯޓު މިހާރު އެމްއެންޑީއެފުގެ ބެލުމުގެ ދަށުން ހއ.އުލިގަމުގެ ބޭރުގައި ބަނދަރުކޮށްފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މި ދެބޯޓުގެ ތެރެއިން އެއް ބޯޓުގައި 9 މީހުން އަދި އަނެއް ބޯޓުގައި 10 މީހުން ތިބިކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ. އިންޑިއާގެ ދިދަ ނަގާފައިވާ މި ބޯޓުތަކާ ގުޅޭ ކަންކަން ސަރުކާރުގެ ކަމާ ގުޅުންހުރި ވުޒާރާތަކާ ގުޅިގެން އިތުރަށް ބަލަމުންދާކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.

ރާއްޖޭގެ ކަނޑުގެ ސަރައްދަށް ޤަވާއިދާ ޚިލާފަށް ވަދެއުޅޭ މިފަދަ ބޯޓުތައް ދޭތެރެދޭތެރެއިން ފެންނަމުންދާއިރު، ބައެއް ބޯޓުތަކުން މަސްތުވާތަކެތިވެސް ފެނެއެވެ.