ސިޔާސީ

ތިން ވަޒީރަކަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދެއްވައިފި


ތިން ވަޒީރަކަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދެއްވައިފިއެވެ.

 މިއަދު ރުހުން ދެއްވާފައިވަނީ، ހެލްތު މިނިސްޓަރ އިރުތިޝާމް އާދަމަށާއި، ޔޫތު މިނިސްޓަރ އަހްމަދު ޒުހޫރުގެ އިތުރުން އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދަށެވެ.

 މިތިން ވަޒީރަށްވެސް ރުހުން ލިބިވަޑައިގަތީ ވޯޓުގައި ބައިވެރިވި ފަސްދޮޅަސް ހަ މެމްބަރުންގެ އިއްތިފާގުންނެވެ.

ހެލްތު މިނިސްޓަރކަމުގެ މަގާމަށް އިރުތިޝާމް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވަނީ، ކުރިން އެމަގާމުގައި ހުންނެވި އަހްމަދު ޒުހޫރު ޔޫތު މިނިސްޓަރަށް ބަދަލުކުރެއްވުމާއި ގުޅިގެންނެވެ. އަދި ޔޫތު މިނިސްޓަރަކަށް އަހްމަދު ޒުހޫރު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވީ، އެމަގާމުގައި ކުރިން ހުންނެވި މުހައްމަދު މަލީހު ޖަމާލު އެމަގާމުން ވަކިކުރެއްވުމަށްފަހުގައެވެ. މީގެ އިތުރުން އިސްލާމިކް މިނިސްޓަރުކަމަށް ޑރ. އަހްމަދު ޒިޔާދު އައްޔަންކުރެއްވީ، އެމަގާމުގައި ކުރިން ހުންނެވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެމަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

 މިއަދުގެ ޖަލްސާގައި ރާއްޖެއިން ބަންގްލަދޭޝް އަށް ކަނޑައަޅަ ސަފީރުކަމަށް ގ. ވައިޖެހޭގެއާގެ ޑރ. މުހައްމަދު އާސިމަށްވެސް ވަނީ ރުހުންދެއްވާފައެވެ.