ޚަބަރު

ބ. މާޅޮހު މެޖިސްޓްރޭޓު ކޯޓު ފަޅާލައިފި


ބ. މާޅޮހު މެޖިސްޓްރޭޓު ކޯޓު ފަޅާލައި ތިޖޫރިއަކާއި ލެޕްޓޮޕެއް ވަގަށް ނަގައިފިއެވެ.

ފުލުހުން ވިދާޅުވީ ރޭގެ ވަގުތެއްގައި މާޅޮހު މެޖިސްޓްރޭޓު ކޯޓު ފަޅާލާފައިވާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު 11:20 ހާއިރުކަމަށެވެ. އަދި މިހާތަނަށް ބެލި ބެލުމުން އެ ކޯޓު ތެރެއިން ލެޕްޓޮޕްއަކާއި ތިޖޫރިއެއް ވަގަށް ނަގާފައިވާ ކަމަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ ތިޖޫރީގައި ގާތްގަނޑަކަށް 6000 ރުފިޔާ ހުންނާނެކަމަށް މަޢުލޫމާތު ލިބިފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.