ތިމާވެށި

މީގެ އަހަރުތަކެއް ކުރީގެ ކަޕިލްގެ ފޮޓޯއިން ރަންވީރު


ރަންވީރު މިހާރު ކުޅެމުން އަންނަ ކަބީރު ހާންގެ ފިލްމުގައި އޭނާ ފެންނާނެ ގޮތް ފުރަތަމަ ދައްކާލީ މި އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ކަޕިލް ދޭވްގެ ކެރެކްޓަރގައި ރަންވީރު ފެނިގެންދާ ފިލްމަކީ 1983 ގައި ކްރިކެޓް ވޯލްޑް ކަޕުން އެ ޤަައުމު ހޯދި ކާމިޔާބު ދައްކުވައިދޭ ފިލްމެކެވެ.

ކަޕިލް ދޭވްގެ ވާހަކަ އެއްވެސް ތަފާތެއް ނެތި ގެެނެސްދިނުމަށް ރަންވީރު އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ގޮތުން ކަޕިލްގެ ކެރެކްޓަރ ހިފެއްހެއްޓުމަށް އޭނާވަނީ ކަޕިލްގެ ހުރިހާކަމެއް ދަސްކޮށް އޭނާގެ ހެދުންތަކަށް ރަަގަޅަށް ފިޓްވެފައެވެ.

ފިލްމުގެ ފުރަތަމަ ދައްކާލީ ލުކުން ގިނަ ބަޔަކު އިމްޕްރެސްކޮށްލުމަށް ފަހު އަނެއްކާވެސް ރަންވީރު މިވަނީ ގިނަ ބަޔަކު މި ފިލްމު ބަލަން ޖެހޭކަން އަންގައިދޭވަރުގެ ޕޯސްޓެއް އާއްމުކޮށްފައެވެ.

މިފަހަރު ރަންވީރު އާއްމުކުރި ފޮޓޯގައި އޭނާ ފެންނަނީ ކަޕިލް ދޭވްގެ "ނަތްރާޖް ޝޮޓް" ގެ ގޮތުގައި މަޝްހޫރުވި ފޮޓޯގައި ކަޕިލް ފެނިގެންދިޔަ ގޮތަށެވެ. ބަލާބެލުމަށް މީގެ އަހަރުތަކެއް ކުރިން ނުކުން ކަޕިލްގެ ފޮޓޯއާއި ރަންވީރުގެ މި ފޮޓޯއާއި އެއްވެސް ތަފާތެއް ނެތެވެ. ހަމަ އެއް ޕޯސްއެއްގައި ހަމަ އެ ގޮތަކަށެވެ. ރަންވީރު އަލުން ދައްކުވާދީފައި މިވަނީ 83ގެ ވޯލްޑްކަޕްގެ ސެމީގައި ޒިމްބާބުވޭއާއި ދެކޮޅަށް ކަޕިކް ހެދި 175 ލަނޑުގެ ހަދާންތަކެވެ.

ކްރިކެޓް ވޯލްޑްކަޕު އިންޑީއާ ޓީމުން ފުރަތަމަ ފަހަރަށް އުފުލާލީ 1983 ވަނަ އަަހަރު ވެސްޓް އިންޑީސް ބަލިކޮށްލުމަށްފަހުއެވެ. ކުޅިވަަރުގެ މިހާތަނަށް އުފައްދާ އެންމެ ބޮޑު ފިލަމަށް ތައްޔާރުވުމުގެ ގޮތުން ރަންވީރު ވަނީ އޭނާގެ ހަށިގަޑަށްވެސް ބަދަލުތަކެއް ގެނެސްފަެވެ. ސާޖިދު ނަންދިއާވާލާއާއި ރިލައެންސް އެންޓަރޓެއިންމަންޓާއި މަދޫ ގުޅިގެން ޕްރޮޑިއުސްކުރާ މި ފިލްމު ސްކްރީންތަކަށް އަންނާނީ އަންނަ އަހަރުގެ އޭޕްރިލް މަހުގެ ވިހިވަނަ ދުވަހުއެވެ. މި ފިލްމުގައި ރަންވީރާއި އެކު ލީޑުން އަދި އޭނާގެ އަންހެނުންގެ ރޯލުން ފެނިގެންދާނީ އޭނާގެ އަސްލު އަންހެނުން ދިޕިކާ ޕަޑުކޯންއެވެ.