ޚަބަރު

އޮސްޓްރޭލިއާގެ އިރުމަތީ ޖަންގަލިތަކުގައި އަނދަމުންދާ އަލިފާންގަނޑުތައް ނިންވުމަށް ބޮޑެތި މަސައްކަތްތަކެއް ފަށައިފި


އޮސްޓްރޭލިއާގެ އިރުމަތީ ޖަންގަލިތަކުގައި ރޯވެ އަނދަމުންދާ އަލިފާންގަނޑުތައް ނިންވުމަށް މަސައްކަތްކުރަމުންދާކަމަށް އެ ޤައުމުން ބުނެފިއެވެ.

އޮސްޓްރޭލިއާގެ ރޫރަލް ފަޔަރ ސާވިސްއިން ބުނީ ނިއު ސައުތް ވޭލްސް ސަރަޙައްދުގެ ޖަންގަލިތަކުގައި 70 އަލިފާންގަނޑު ރޯވެ އަނދަމުންދާކަމަށާ އެ އަލިފާންގަނޑުތައް ނިއްވުމަށް ފަޔަރފައިޓަރުން އެމީހުންނަށް ކުރެވެން އޮތްހާ މަސައްކަތެއް ކުރަމުންދާކަމަށެވެ. އެ އަލިފާންގަނޑުތަކުގެ ސަބަބުން މިހާތަނަށް 300 މީހަކު މަރުވެ ސަތޭކަ 50 ގެ އަނދާފައިވާއިރު 5 މީހުން ގެއްލިފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

އޮސްޓްރޭލިއާގެ އިރުމަތީ ސްޓޭޓެއްކަމަށްވާ ނިއު ސައުތް ވޭލްސްއަކީ އެ ޤައުމުގައި އެންމެ އާބާދީ ބޮޑު ސްޓޭޓެވެ. މިފަހަކަށް އައިސް ކޮންމެ އަހަރެއްގެވެސް ހޫނު މޫސުމާ ދިމާކޮށް އޮސްޓްރޭލިއާގެ ޖަންގަލިތަކުގައި އަލިފާން ރޯވުމުގެ މައްސަލަ ކުރިމަތިވަމުންދެއެވެ.

މިފަހަރު ރޯވި އަލިފާންގަނޑު ފެތުރިގެން ގޮސްފައިވަނީ އެ ސަރަޙައްދަށް ކުރިމަތިވި ހަނަފަސްކަމުގެ އިތުރުން ހޫނުވައި ޖެހުމުގެ ސަބަބުންނެވެ.