ޚަބަރު

ވިއްސާރައާއި ގުޅިގެން ވައިޓް އެލާޓެއް ނެރެފި


ރާއްޖެއަށް މިހާރު ކުރަމުން ދާ ވިއްސާރައާއި ގުޅިގެން ގައުމީ މޫސުމާއި ބެހޭއިދާރާއިން ވައިޓް އެލާޓެއް ނެރެފިއެވެ.ގައުމީ މޫސުމާއި ބެހޭ އިދާރާއިން ބުނީ ވައިޓް އެލާޓް ނެރެފައިވަނީ މިއަދު ހެދުނު އަށްގަޑި ފަންސާސް ފަހަކުން ފެށިގެން މެންދުރު ދެއަކާއި ހަމައަށްކަމަށެވެ.އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މޫސުމާއި ބެހޭ އިދާރާއިން މައުލޫމާތުދެއެވެ. އަދި އުތުރާއި މެދުރާއްޖެތެރެއަށް ދިހަ މޭލާއި ވިހިމޭލަށް ވައިގަދަވާނެކަމަށާއި ވިލާގަނޑުގައި ސާޅިސް މޭލަށް ވައި ގަދަވާނެކަމަށްވެސް މޫސުމާއި ބެހޭ ގައުމީ އިދާރާއިން މައުލޫމާތުދެއެވެ.މީގެ އިތުރުން ދެކުނުގެ އަތޮޅުތަކަށް ކަނޑު އާދައިގެ ވަރަކަށް މަޑުވާނެކަމަށްވެސް މޫސުމާއި ބެހޭ ގައުމީ އިދާރާއިން މައުލޫމާތުދެއެވެ.