ސިޔާސީ

ނައިބު ރައީސް ރާއްޖެ ވަޑައިތަތުމަށް ރައީސް އަންގަވާފައެއް ނުވޭ


ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު އަހްމަދު އެނބުރި ރާއްޖެ ވަޑައިތަތުމަށް ރައީސުލް ޖުމުހޫރިއްޔާ އެއްވެސް ގޮތަކަށް އެދިވަޑައިގެންފައި ނުވާނެކަމަށް ރައީސުލް ޖުމުހޫރިއްޔާގެ އޮފީހުން ހާމަކޮށްފިއެވެ.ރައީސް އޮފީހުން މިކަން ހާމަކުރައްވާފައިވަނީ، ނައިބްރައީސް މާލެ ވަޑައިގަތުމަށް ރައީސް އަބްދުﷲ ޔާމީން އަންގަވާފައިވާކަމަށް ބުނެ ބައެއް މީޑިއާތަކުގައި ޚަބަރު ފެތުރިފައިވަނިކޮށް، ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުއާޒް އަލީ ކުރެއްވި ޓުވީޓެއްގައެވެ.ރައީސް ޔާމީނަށް ދަންނަވައި ހުއްދަ ދެއްވުމުން މިދިޔަ ބުރާސްފަތި ދުވަހު ބޭސްފަރުވާ އަކަށް ސްރީ ލަންކާއަށް ވަޑައިގަތުމަށްފަހު ނައިބުރައީސް މިހާރު ހުންނެވީ،  އިނގިރޭސިވިލާތުގައި ކަމަށް މަޢުލޫމާތުލިބިފައިވެއެވެ.ނައިބު ރައީސް އެކަށީގެންވާ މިންވަރަށް ސަރުކާރުގައި ޒިންމާ އަދާނުކުރައްވާ ކަމަށް ތުހުމަތުކޮށް، އެ މަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ސަރުކާރު ހިންގާ ޕީ.ޕީ.އެމްއާއި، އެމް.ޑީ.އޭ ކޯލިޝަނުން މިހާރުވަނީ ނިންމަވާފައެވެ.