ތަޢުލީމު

ވިލާ ކޮލެޖުން ޚާއްސަ ޑިސްކައުންޓް ޕްރޮގްރާމްތަކެއް ތައާރަފްކޮށްފި


ވިލާ ކޮލެޖުން ޚާއްސަ ޑިސްކައުންޓް ޕްރޮގްރާމްތަކަކާއި، އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑްގެ ޑިގްރީ ޕްރޮގްރާމްތަކެއް ތަޢާރަފްކޮށްފިއެވެ.ވިލާ ކޮލެޖުން ތަޢާރަފްކުރި ޑިސްކައުންޓް ސްކީމްގައި ތިން ޑިސްކައުންޓް ޕްރޮގްރާމް ހިމެނޭއިރު، ސެޕްޓެމްބަރު މަހު ފެށުމަށް ހަމަޖެހިފައިވާ ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑްގެ ޑިގްރީ ހަތަރު ޕްރޮގްރާމެއް ހިމެނެއެވެ.ވިލާ ކޮލެޖުގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ތަޢާރަފްކުރި ތިން ޑިސްކައުންޓް ޕްރޮގްރާމަކީ، ފެމެލީ ޑިސްކައުންޓް ޕްރޮގްރާމް، ކޯޕަރޭޓް ޑިސްކައުންޓް ސްކީމް އަދި ސްޓޫޑެންޓް ރިފަރަލް ޑިސްކައުންޓް ޕްރޮގްރާމެވެ.ވިލާ ކޮލެޖްގެ އެގްޒެކެޓިވް ޑިރެކްޓަރ ޑޮކްޓަރ އަލީ ނަޖީބް ވިދާޅުވީ މީގެތެރެއިން ފެމެލީ ޑިސްކައުންޓް ޕްރޮގްރާމުން، އެކޮލްޖްގައި އެއް އާއިލާއެއްގެ އެއްކުއްޖަކަށްވުރެ ގިނަ ކުދީން އެއްފަހަރާ ކިޔަވަމުންދާނަމަ އިތުރުވާ ކޮންމެ ކުއްޖަކަށް ކޯސްފީގެ %10 ޑިސްކައުންޓް ލިބޭނެކަމަށެވެ. އަދި ސަރުކާރާއި އަމިއްލަ އޮފީސްތަކަށް އަމާޒުކޮށްގެން ވިލާ ކޮލެޖްގެ ކޯސް ފީ ތަކުން ޑިސްކައުންޓް ލިބޭ ކޯޕަރޭޓް ޑިސްކައުންޓް ސްކީމުގެ ދަށުން އިދާރާއަކުން ސްޕޮންސަރކޮށްގެން އެއްފަހަރާ 5 ދަރިވަރުންނަށް ވުރެ ގިނަ ދަރިވަރުން އެކޮލެޖްގައި ކިޔަވަމުންދާނަމަ، ކޮންމެ ކުއްޖެއްގެ ކޯސް ފީ އިން %5 ޑިސްކައުންޓް ލިބޭ ސްކީމެއްގެ އިތުރުން ވިލާ ކޮލެޖްގައި ކިޔަވަމުންދާ ދަރިވަރުން އެހެން ދަރިވަރުންނަށް އެކޮލެޖް ތަޢާރަފްކޮށްދީގެން، އެކޮލެޖު ތަޢާރަފްކޮށްދިން ދަރިވަރުގެ ކޯސް ފީގެ %5 ޑިސްކައުންޓެއް ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.އިނގިރޭސިވިލާތުގެ މަޝްހޫރު ޔުނިވަރސިޓީއެއްކަމަށްވާ ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑްގެ ޑިގްރީ ޕްރޮގްރާމްތައް، އަންނަ ސެޕްޓެމްބަރު މަހު ފެށުމަށް ވިލާ ކޮލެޖްގައި ފެށުމަށް ހަމަޖެހިފައިވާއިރު، ވިލާ ކޮލެޖުން އަލަށް ފަށާ މިޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ ޖުލައި މަހުގެ ތިރީސްވަނަ ދުވަހާއި ހަމައަށް އެކޮލެޖުން ވަނީ ހުޅުވާލާފައެވެ.މީގެތެރެއިން މިއަހަރުގެ ސެޕްޓެމްބަރު މަސްތެރޭގައި ވިލާ ކޮލެޖްގައި ފެށުމަށް ހަމަޖެހިފައިވާ ޑިގްރީ ޕްރޮގްރާމްތަކުގެ ތެރޭގައި، ބެޗްލަރ އޮފް އާރޓްސް (އޮނަރސް) ބިޒްނަސް އެންޑް ހިއުމަން ރިސޯސް މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް ވިތް މާރކެޓިންގ، އެކައުންޓިންގ އެންޑް ފައިނޭންސް އަދި ބެޗްލަރ އޮފް އާރޓްސް (އޮނަރސް)ބިޒްނަސް އެންޑް މެނޭޖްމަންޓް ކޯސް ހިމެނެއެވެ.ވިލާ ކޮލެޖްގައި ބޭއްވި ރަސްމިއްޔާތެއްގައި މިޕްރޮގްރާމް ލޯންޗްކޮށްދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ވިލާ ކޮލެޖްގެ ރެކްޓަރ ޑޮކްޓަރ އަހުމަދު އަންވަރު ވިދާޅުވީ މިއީ  ރާއްޖެއިން ބޭރުގައި ދިވެހި ދަރިވަރުން ކިޔަވަމުންދާ ކޯސްތައް ރާއްޖޭގައި އެކަށީގެންވާ އަގެއްގައި ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން އެކޮލްޖުން ކުރިއަށްގެންދާ ކަމެއްކަމަށެވެ.މީގެ އިތުރުން ވިލާ ކޮލެޖުން މިއަހަރުގެ ސެޕްޓެމްބަރު މަހު ފަންސާހަށްވުރެން ގިނަ ކޯސް ފެށުމަށް ހަމަޖެހިފައިވާއިރު، ޑިގްރީ އަދި ޑިޕްލޮމާގެ އާ ޕްރޮގްރާމްތަކެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ. ޑިގްރީ ޕްރޮގްރާމްގެ ތެރެއިން އަލަށް ފެށުމަށް ހަމަޖެހިފައިވަނީ، ބެޗްލަރ އޮފް ސައިންސް އިން ކޮމްޕިއުޓަރ ސައިންސް، ސައިންސް އިން އިންފޮމޭޝަން ޓެކްނޮލޮޖީ، ބެޗްލަރ އޮފް ޓީޗިންގ މެތަމެޓިކްސް އަދި ޓީޗިން އިންގްލިޝް ޓު ސްޕީކާރސް އޮފް ދަ ލެންގުއޭޖް ޕްރޮގްރާމެވެ.ޑިޕްލޮމާ ޕްރޮގްރާމްގެ ތެރެއިން އަލަށް ފެށުމަށް ހަމަޖެހިފައިވަނީ ޑިޕްލޮމާ އިން ކޮމްޕިއުޓިންގ، އެޑްވާންސް ޑިޕްލޮމާ އިން މެތަމެޓިކްސް، ޑިޕްލޮމާ އިން ޓީޗިން އިންގްލިޝް ޓު ސްޕީކާރސް އޮފް ދަ ލެންގުއޭޖް ޕްރޮގްރާމެވެ.އިއްޔެގެ ރަސްމިއްޔާތުގައި ވަނީ ވިލާ ކޮލެޖްގެ އާ ވެބްސައިޓްވެސް ވަނީ އިފްތިތާޙްކޮށްފައެވެ.