ކުޅިވަރު

ޕާކިސްތާން ބެޑްމިންޓަން ސީރީސްގެ މިކްސް ޑަބަލްސް ރަން މެޑަލް ޒަޔާންއާއި ނަބާހާ ހޯދައިފި


ޕާކިސްތާން އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީސްގެ މިކްސް ޑަބަލްސް އިވެންޓުން ރާއްޖޭގެ ފާތިމަތު ނަބާހާ އަބްދުއްރައްޒާގާއި ޒަޔާން ޝަހީދު ޒަކީގެ ޕެއަރ ރަން މެޑަލް ހޯދައިފިއެވެ.

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ކުރިއަށްދާ ޔޮނެކްސް ސަންރައިސް ޕާކިސްތާން އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީޒްގެ މިކްސް ޑަބަލްސް އިވެންޓުން ރާއްޖޭގެ ޒަޔާންއާއި ނަބީހާ ޕެއަރ ރަން މެޑަލް ހޯދީ މުބާރާތުގެ އެއްވަނަ ސީޑް ނޭޕާލްގެ ދިޕޭޝްއާއި އަމީތާގެ ޕެއަރ ބަލިކޮށްގެންނެވެ.

ފައިނަލު މެޗު ދިވެހި ޕެއަރއިން ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. މިއަހަރުގެ ޤައުމީ މުބާރާތުގެ މިކްސް ޑަބަލްސް ޗެމްޕިއަން ޕެއަރ ނަބާހާއާއި ޒަޔާން މެޗުގެ ސެޓުތައް ކާމިޔާބުކުރީ 21-16 އަދި 21-19އިންނެވެ. މިއީ ދުނިޔޭގެ ބެޑްމިންޓަން ފެޑްރޭޝަން އެފިލިއޭޓްވާ މުބާރާތެއްގައި ރާއްޖެއަށް ބެޑްމިންޓަނުން ލިބުނު ފުރަތަމަ ރަން މެޑަލްއެވެ.

ޒަޔާންއާއިއެކު މިކްސް ޑަބަލްސް ރަން މެޑަލް ނަބާހާ ހޯދިއިރު، އޭނާގެ ކޮއްކޮ ނަބީހާވަނީ މިއަހަރު އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އަންހެން ސިންގަލްސްގައި ރާއްޖެއަށް ރަން މެޑަލް ހޯދާފައި. މިއީ ރާއްޖެއަށް ބައިނަލްއަގްވާމީ މުބާރާތަކުން ހޯދި ފުރަތަމަ ރަން މެޑަލްއެވެ.

އަންހެން ޑަބަލްސް ފައިނަލްގައި އައިމިނަތު ނަބީހާ އާއި ފާތިމަތު ނަބާހާގެ ޕެއާގެ މިއަދު ވާދަކުރާނެއެވެ. މި ދެ ކުޅުންތެރިން ނިކުންނާނީ ޕާކިސްތާންގެ ބުޝްރާ ގައްޔޫމާއި މަހޫރު ޝަހުޒާދުގެ ޕެއާއާއި ދެކޮޅަށެވެ.