ދުނިޔެ

ސޫސާ ރެސޯޓަށް ދިން ޙަމަލާގައި މަރުވި އިނގިރޭސިންގެ އަދަދު 30ހަށް


ތޫނިސްގެ ޓޫރިސްޓް ރެސޯޓެއް ކަމަށްވާ ސޫސާ ރެސޯޓަށް މިދިޔަ ހުކުރުދުވަހު ދިން ޓެރަރިސްޓް ޙަމަލާތަކުގައި މަރުވި އިނގިރޭސި ޓޫރިސްޓުންގެ އަދަދު 30 އަށް އަރާނެކަމަށް އިނގިރޭސި ސަރުކާރުން ލަފާކޮށްފިއެވެ.އިނގިރޭސި ޚާރިޖީ ވުޒާރާއިން ބުނީ މި ޙަމަލާތަކުގައި މަރުވި އިނގިރޭސި ރައްޔިތުންގެ އަދަދު 15 އަށް އަރާފައިވާ ކަމަށާ މިޙަމަލާތަކުގައި ގެއްލިފައިވާ މީހުންގެ ތެރޭގައި އިނގިރޭސި ޓޫރިސްޓުން ގިނަކަން ފޮރިންސިކް ތަހްލީލްތަކުން ހާމަވަމުންދާތީ މަރުވި އިނގިރޭސީންގެ އަދަދު 30 އަށް އަރާނެ ކަމަށް ބެލެވިފައިވާ ކަމަށެވެ.ތޫނިސްގެ ފަތުރުވެރިންގެ މަރުކަޒެއްކަމަށްވާ ސޫސާ ރެސޯޓުގެ ހޮޓަލަށް ދިން ޓެރަރިސްޓް ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 38 އަށް އަރާފައެވެ. މި ޓެރަރިސްޓް ހަމަލާތަކުގެ ޒިންމާ އުފުލާފައިވަނީ އިރާގާއި ސޫރިޔާގެ ބޮޑުބައެއް ހިފައިގެން  އުޅޭ ހައްދު ފަހަނަޅާފައިވާ ޖަމާތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތުންނެވެ.