ޚަބަރު

ދުނިޔޭގެ 8ވަނަ ޒަކާތު ފޯރަމްގައި އިސްލާމިކް މިނިސްޓަރ ބައިވެރިވެވަޑައިގެންފި


ދުނިޔޭގެ 8ވަނަ ޒަކާތު ފޯރަމުގައި އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީ ބައިވެރިވެވަޑައިގެންފިއެވެ.

މިމަހުގެ 5އިން 7އަށް އިންޑޮނޭޝިއާގެ ބަނޑުންގެ ކުރައުން ޕްލާޒާ ހޮޓެލްގައި ކުރިއަށްގެންދިޔަ ޒަކާތު ފޯރަމްގެ މަޢުލޫއަކީ "އޮޕްޓިމައިޒިން ގްލޯބަލް ޒަކާތް ރޯލް ތްރޫ ޑިޖިޓަލް ޓެކްނޮލަޖީ"އެވެ.

މި ފޯރަމްގައި މަޝްވަރާކޮށްފައިވަނީ ޑިޖިޓަލް ޒަމާނުގައި ދުނިޔޭގެ ޒަކާތު ފޯރަމް ހަރުދަނާކޮށް ކުރިއަށް ގެންދިޔުމާއި މުސްލިމް އަދި މުސްލިމް މައިނޯރިޓީ އޮންނަ ޤައުމުތަކުގައި ޑިޖިޓަލްކޮށް ޒަކާތުގެ ނިޒާމް ހިންގާނެ ގޮތްތަކާ ގުޅޭގޮތުންނެވެ. އަދި ޑިޖިޓަލް ޒަކާތުގެ ޒަމާނީ ފިޤުހުއާއި ޒަކާތުގެ ހިންގުން ހަރުދަނާކޮށް އިތުރުކުރުމަށްޓަކައި ބޭނުންކުރެވިދާނެ ވަޞީލަތްތަކާމެދުވެސް ވަނީ މަޝްވަރާކޮށްފައެވެ.

މިފޯރަމްގައި ދުނިޔޭގެ 28ޤައުމަކުން 300 އޮފިޝަލުން ވަނީ ބައިވެރިވެފައެވެ. އަދި މިފޯރަމްގައި 25 ފަރާތަކުން ތަޤްރީރުކުރައްވާފައިވާއިރު އިސްލާމިކް މިނިސްޓަރވެސް ތަޤްރީރުކުރެއްވިއެވެ.

މި ފޯރަމްގެ ތެރެއިން ވަނީ 2020 ވަނަ އަހަރުގައި "9 ވަނަ ވޯލްޑް ޒަކާތު ފޯރަމް އިންޓަރނޭޝަނަލް ކޮންފަރެނސް އެންޑް އެނުއަލް މީޓިން" މެލޭޝިއާގެ ސެލެންގޯގައި ބާއްވާ ގޮތަށް ހަމަޖައްސާފައެވެ. އަދި 2021ވަނަ އަހަރު އޮންނަ މީގެ 10ވަނަ ފޯރަމް އިނގިރޭސިވިލާތުގެ ލަންޑަންގައއި ބާއްވާގޮތަށް ވަނީ ނިންމާފައެވެ.