ޚަބަރު

އެއާޕޯޓް ރެސްޓޯރަންޓް ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި


ކުޅުދުއްފުށީ އެއާޕޯޓްގެ ރެސްޓޯރަންޓް ހެދުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މިމަސައްކަތް ހަވާލުކޮށްފައިވާ ކުޅުދުއްފުށީ ކަލެކްޓިންގ ކޮމްޕެނީން މައުލޫމާތު ދިން ގޮތުގައި، އޮކްޓޯބަރުމަހު ފަހުކޮޅު މިރެސްޓޯރެންޓް ހެދުމުގެ އަމަލީ އެމަސައްކަތް ފަށާފައިވާ ކަމަށާއި، 150 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ތާވަލް ކޮށްފައިވާކަމަށެވެ. އެކުންފުންޏާ މިމަސައްކަތް ހަވާލު ކޮށްފައިވަނީ ވިފައިވަނީ 1،927،910،90 ރުފިޔާއަށެވެ.

މި ރެސްޓޯރަންޓް ނިމޭއިރު އެއާޕޯޓްގެ ބޭނުމަށް އަންނަ ފަރާތްތައް މަޑުކޮށްލެވޭނެ އޭރިޔާއަކާއި ޕަބުލިކް ފާޚާނާގެ އިތުރުން ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ޚާއްސަކުރެވިފައިވާ ފާހާނައަކާއި ކުޑަކުދިންނާއެކު މައިންނަށް ހާއްސަކުރެވިފައިވާ ބައެއް ހެދިގެންދާނެކަމަށް ރީޖަނަލް އެއާޕޯޓްސް މަޢުލޫމާތު ދެއެވެ.

ކުޅުދުއްފުށި އެއާޕޯޓަކީ 1200 މީޓަރު ދިގު 30 މީޓަރު ފުޅާ އެއާޕޯޓެކެވެ. ކުޅުދުއްފުށީ އެއާޕޯޓަށް މިހާރުވަނީ ކޮންމެ ދުވަހަކު ފުލައިޓް ޖައްސަންފަށާފައެވެ.