ޚަބަރު

ރައީސް ޔާމީންގެ ޝަރީއަތް މިމަހުގެ 17 ގައި


ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތް މިމަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމިން ޢަބްދުލް ގައްޔޫމުގެ މައްޗަށް ދައުލަތުން އުފުލި މަނީލޯންޑްރިންގެ ކުށުގެ ދައުވާގެ މައްސަލައިގެ އަޑުއެހުންތައް ނިމި ހުކުމްކުރަން ކުރަން ކުރިން ތާވާލުކޮށްފައި އޮތީ މިމަހުގެ 5 ވަނަދުވަހުއެވެ. ހުކުމް ކުރުން ކެންސަލްކުރީ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސްޤާޟީ އަޙްމަދު ހައިލަމާއި ގުޅޭގޮތުން ޖޭއެސްސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން މަސައްކަތަށް ނުނިކުމެވޭ ގޮތައް އޭނާ ސަސްޕެންޑް ކުރުމުންނެވެ.

ހައިލަމް ސަސްޕެންޑް ކުރުމުން ކްރިމިނަލް ކޯޓު ހިންގުން ޤާޟީ އަލީ ރަޝީދު ހުސައިނާ ވަނީ ހަވާލުކޮށްފައެވެ. އެނގިފައިވާގޮތުން ރައީސް ޔާމީންގެ ޝަރީއަތް ތާވަލުކޮށްފައިވަނީ އިސްޤާޟީ ސެކްޝަނުންނެވެ.

މިހާރު އަމަލުކުރަމުންދާ ޖިނާއީ އިޖްރާއަތުގެ ޤާނުނު ބުނާގޮތުން މި ފަދަ މައްސަލަތަކުގައި އަމަލުކުރާނެ ދެ ގޮތެއް ކަނޑައެޅޭނެއެވެ. އެއްގޮތަކީ މައްސަލަ ޮއތް ހިސާބުން އަލުން ކުރިޔަށް ގެންދިޔުމުމެވެ. އަނެއް ގޮތަކީ އެހެން ފަނިޔާރަކާއ ހަވާލުކޮށްގެން އަލުން މައްސަލަ ކުރިޔަށް ގެންދިޔުމެވެ. މި މއްސަލާގައި ަމަލުކުރަން ނިންމާފައިވަނީ ކިހިނެތްކަމެއް އަދި ސާފެއް ނުވެއެވެ.

މި މައްސަލަ ބެއްލެވި ޤާޟީ ހައިލަމް ސަސްޕެންޑް ކޮޮށްފައިވަނީ ނަސްރުގެ ދުވަހުގެ ތަހްނިޔާގެ މެސެޖެއްގެ ގޮތުގައި ފޮނުއްވި ފޮޓޯގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ކަރުފުޅުގައި ޗޭނުޖަހާ ދަމާފައި ގެންދާތަން ދައްކުވައިދޭ ކުރެހުމެއް ވައިބަރ ގުރޫޕަކަށް ފޮނުއްވި މައްސަލަ ބަލަމުންދާތިއެވެ.

މީގެއިތުރުން ހައިލަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރެއްކަމަށްވާ އަލްހާން ފަހުމީގެ 200,000.00 (ދެލައްކަ ރުފިޔާ)ގެ ފައިސާގެ ޓްރާންސެކްޝަނެއްހިންގާފައިވާ މައްސަލައެއް ޖުޑިޝަލް ސަރވިސް ކޮމިޝަން ޖޭއެސްސީން ބަލަން ވަނީ ނިންމާފައެވެ.