ޚަބަރު

ކެންޓަކީގައި ބޭއްވި ލޯކަލް އިންތިޚާބު ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ކާމިޔާބުކުރައްވައިފި


އެމެރިކާގެ ހަތަރު ސްޓޭޓެއްގައި ބޭއްވި ލޯކަލް އިންތިޚާބުތަކުގެ ތެރެއިން 3 ސްޓޭޓެއްގެ އިންތިޚާބުތަކުގައި އިދިކޮޅު ޑިމޮކްރެޓިކް ޕާޓީން ކާމިޔާބީތަކެއް ހޯދައިފިއެވެ.

މިގޮތުން، ކެންޓަކީގައި ބޭއްވި ލޯކަލް އިންތިޚާބުގައި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް އެންޑީ ބެޝިއަރނީ އެ ސްޓޭޓްގެ ރިޕަބްލިކަން ގަވަރުނަރު މެޓް ބެވިންގެ މައްޗަށް ކުރިހޯއްދަވައި ކެންޓަކީގެ ގަވަރުނަރުކަމުގެ މަޤާމަށް އިންތިޚާބުވެވަޑައިގެންފައެވެ. ބެޝިއަރގެ ކާމިޔާބީއާއެކުވެސް ބެވިންވަނީ ވޯޓުގައި މައްސަލަތަކެއް އުޅޭކަމަށް ވިދާޅުވެ ބަލި ޤާބޫލުކުރަން ފަސްޖެހިވަޑައިގެންފައެވެ.

ކެންޓަކީއަކީ 2016ވަނަ އަހަރު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ރައީސް ޑޮނަލްޑް ޓްރަމްޕަށް ވަރަށް މަތިން ވޯޓު ލިބިފައިވާ ސިޓީއަކަށްވާތީ އެ ސިޓީގެ ލޯކަލް އިންތިޚާބުގެ މި ނަތީޖާއަކީ ޓްރަމްޕަށް ލިބިވަޑައިގެންނެވި ބޮޑު ނާކާމިޔާބީއެއްކަމަށްވަނީ ބެލެވިފައެވެ.

އިންތިޚާބަށް ކެންޕެއިންކުރުމުގެ ގޮތުން ކެންޓަކީގެ ލެސިންޓަންގައި ދެއްވި ޚިތާބުގައި ޓްރަމްޕްވަނީ ކެންޓަކީގެ ގަވަރުނަރުކަމުގައި ހުންނެވި ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓް މެޓް ބެވިން އަލުން އެ މަޤާމަށް އިންތިޚާބުކޮށްދިނުމަށް އެ ސްޓޭޓްގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.