ޚަބަރު

އަންނަ އާދިއްތަ ދުވަސް ބަންދު


އަންނަ އާދިއްތަ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު އަދި ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓް އިބްރާހީމް ހޫދު ވިދާޅުވީ، އާދިއްތަ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅަން ސަރުކާރުން ނިންމީ، އަންނަ ހޮނިހިރު ދުވަހަކީ ރަސޫލާގެ ޢީދު މީލާދީ ދުވަސްކަމަށް ވުމުން އެދުވަހާއި ގުޅުވައިގެންކަމަށެވެ. ސަރުކާރުގެ މި ނިންމުމާއެކު، އަންނަ ހަފްތާގައި 2 ދުވަސް ބަންދުވާނެއެވެ. އެގޮތުން އަންނަ ހޯމަ ދުވަހަކީ ޖުމްހޫރީ ދުވަހަށް ވުމުން އެދުވަހަކީވެސް ސަރުކާރު ބަންދު ދުވަހެކެވެ.

ހޫދު ކުރެއްވި ޓުއީޓް

މިއަހަރަކީ ދިވެހި ޖުމްހޫރިއްޔާއަށް 51 އަހަރު ފުރޭ އަހަރެވެ. މިއަހަރުގެ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ޙާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.