ސިޔާސީ

ރާއްޖެ ބަރުލަމާނީއަކަށް ބަދަލުކުރަން އެމްޑީޕީން ހުށަހަޅަނީ


ސަރުކާރާއި އެމްޑީޕީ އާއެކު މާދަމާ ފަށާ މަޝްވަރާ ތަކުގައި، މިހާރު މިއޮތް
ރިޔާސީ ނިޒާމް، ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ހުށަހާޅާނެ ކަމަށް
އެމްޑީޕީއިން ބުނެފިއެވެ.

އެމްޑީޕީ އޮފީހުގައި ބެއްވި ނޫސްވެރިންގެ
ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެމްޑީޕީގެ ސްޕޯކްޕާރސަން އިމްތިޔާޒް
ފަހުމީ ވިދާޅުވީ، މާދާމާ ފަށާ
މަޝްވަރާގައި ބަރުލަމާނީ ނިޒާމަކަށް ގައުމު ބަދަލު ކުރުމަށް  ހުށަހަޅަން ނިންމީ، ކޮންމެ ސަރުކާރެއްވެސް
އަންނަނީ، ކޯލިޝަނެއްގެ ތެރެއިން ކަމަށްވެފައި، ސަރުކާރު އައުމާއެކު ކޯލިޝަން ރޫޅި
ސަރުކާރުގެ ސައްޙަކަމާމެދު ސުވާލު އުފޭދޭތީ ކަމަށެވެ.


އިމްތިޔާޒް ވިދާޅުވީ، މާދަމާގެ މަޝްވަރާގައި ޖުމްލަ ފަސް ކަރުދާހެއް ސަރުކާރަށް
ހުށަހަޅުއްވާނެ ކަމަށެވެ. އޭގެތެރޭގައި ހިމެނޭ، މަޝްވަރާގެ އަސާސީކަންކަން  ކުރިއަށްގެންދާނެ ގޮތުގެ ކަރުދާހުގައި،
އިންޑިއާއިން މެދުވެރިއެއް ކަނޑަ އެޅުމަށް ހުށަހެޅުމާއި، އިތުބާރު ހޯދުމަށް ހުށަހަޅާ
ކަރުދާހުގައި، މިހާރު މުޒާހަރާ ތަކުގައި ހައްޔަރު ކޮށްފައިވާ މީހުން ދޫކޮށްލުމާއި،
ސިޔާސީ ގޮތުން ހައްޔަރުކޯށްފައިވާ މީހުން ދޫކޮށްލުމަށް ހުށަހަޅަން ނިންމާފައިވާކަމަށް
ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖެއަށް މިހާރު ދިމާވެފައިވާ ގޮންޖެހުންތަކަށް
ހައްލު ހޯދުމަށް ބަރުލަމާނީ ނިޒާމަކަށް ސަރުކާރު ބަދަލު ކުރުމަށް ހުށަހަޅާ
ކަރުދާހަކާއި، އަދުލު އިންސާފުގެ ދާއިރާ ހަރުދަނާ ކުރުމަށް ހުށަހަޅާ ކަރުދާހެއްގެ
އިތުރުން، އިޖުތިމައީ އަދި އިގްތިސާދީ ކަންކަން ހަރުދަނާ ކުރުމަށް ހުށަހަޅާ
ކަރުދާހެއްވެސް ހިމެނޭކަމަށް ވިދާޅުވިއެވެ.