ޚަބަރު

ޗުއްޓީއާ ދިމާކޮށް އެމް.އެމް.އައިއިން ކުރިއަށްގެންދާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި


ސްކޫލް ޗުއްޓީއާ ދިމާކޮށް ޕީއެސްއެމްގެ، މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް، އެމްއެމްއައިއިން ކުރިއަށްގެންދާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މީޑިއާއާއި، ކްރިއޭޓިވް އާރޓްސްގެ ދާއިރާއިން ތަފާތު ގިނަ ކޯސްތަކެއް ހިންގަމުންގެންދާ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓުން ސްކޫލް ޗުއްޓީއާ ދިމާކޮށް ފަށާފައިވާ "ސްކޫލް ހޮލިޑޭ ކްރިއޭޓިވް އެކްސްޓްރަވަގެންޒާ 2019"ގެ ދަށުން މީޑިއާއާއި ކްރިއޭޓިވް އާޓްސްގެ ދާއިރާއިން 12 ކޯހަކަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މި ޕްރޮގްރާމުގެ ދަށުން ސްކޫލް ޗުއްޓީ ތެރޭގައި،
- ކޮރިއޮގްރަފީ ވޯކްޝޮޕް
- ވޮއިސް ޓްރެއިނިންގ
- ފުރުޓީ ލޫޕްސް މިއުޒިކް ޕްރޮޑަކްޝަން ކޯސް
- މެލޮޑިކާ ކޯސް
- ޕަބްލިކް ސްޕީކިން ކޯސް
- ފިލްމްމޭކިންގ ފޮރ ކިޑްސް ކޯސް
- ފިލްމް މޭކިންގ ކޯސް
- ސްމާރޓް ފޯނު ފޮޓޯގްރަފީ ކޯސް
- ފަހާ ކޯސް
- ޗިލްޑްރަންސް އެކްޓިންގް ކޯސް
- ރޭޑިއޯ ޕްރެޒެންޓިންގ އެންޑް ޑްރާމާ ވާކްޝޮޕް
- ޓެލެވިޜަން ޕްރެޒެންޓިންގ ވާރކްޝޮޕް
- ނިއުސް ރައިޓިންގ އިން ދިވެހި އަދި ނިއުސް ރައިޓިންގ އިން އިންގްލިޝް ކޯސް.

މިމަހުގެ 24 ވަނަ ދުވަހު ފަށަން ނިންމާފައިވާ މި ކޯސްތަކަށް ކުރިމަތިލުމުގެ އެންމެ ފަހުގެ ތާރީޚަކީ، މިމަހުގެ 23 ވަނަ ދުވަހެވެ. މޯލްޑިވްސް މީޑީއާ އިންސްޓިޓިއުޓުން ބުނީ މި ކޯސްތަކުގައި ކިޔަވައިދޭނީ، މިދާއިރާތަކުން ތަމްރީނާއި ތަޖުރިބާ ލިބިފައިވާ މީހުންކަމަށެވެ. ދަރިވަރުންނަށް ހުނަރު އުނގަންނައިދިނުމުގެ އިތުރުން ޢަމަލީ ގޮތުން ތަޖްރިބާ ހޯދުމުގެ ފުރުޞަތު މި ކޯސްތަކުގެ ތެރެއިން ލިބިގެންދާނެކަމަށް މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓުން މައުލޫމާތުދެއެވެ.