ސިޔާސީ

ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް


ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ މައްޗަށް އިތުބާރު ނެތް
ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޕީޕީއެމާއި އެމްޑީއޭގެ
ޕާލަމެންޓްރީ ގްރޫޕުން ނިންމައިފިއެވެ.



ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ ދެޕާޓީގެ ޕާލަމެންޓްރީ
ގްރޫޕުން މިރޭ ބޭއްވި ބައްދަލުވުމުގައި ބައިވެރިވި 33 މެމްބަރުންގެ އިއްތިފާގުން އެމައްސަލަ
ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ނިންމާފައިވާކަމަށެވެ. މިކަމަށްޓަކައި
މަޖިލީހަށް ހުށަހެޅުމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން ތައްޔާރުކުރި ޤަރާރުގައި މިހާތަނަށް މަޖިލީހުގެ 47 މެމްބަރުން ސޮއިކޮށްފައިވާކަން ނިހާން ފާހަގަކުރެއްވިއެވެ.