ޚަބަރު

މަސްތުވާ ތަކެތީގެ ވަބާ ހުއްޓުވުމުގައި ގިނަ ގޮންޖެހުންތަކެއް


މަސްތުވާތަކެތީގެ ވަބާއިން ގައުމާއި މުޖުތަމައު ސަލާމަތްކޮށް، އެވަބާގައި ޖެހިފައި ތިބި މީހުން އަނބުރާ މުޖުތަމަޢުއަށް ގެނައުމަށް ކުރެވޭ މަސައްކަތުގައި ގިނަ ގޮންޖެހުންތަކެއް މެދުވެރިވަމުންދާކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުންދާ "މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ދުވަހާއި" ގުޅިގެން ދެއްވި ހާއްސަ ހިތާބްގައެވެ.ފަހަކަށް އައިސް މަަސްތްވާތަކެތީގެ އެންމެ ނުރައްކާތެރި ބާވަތްތައްވެސް ރާއްޖޭގައި ބޭނުން ކުރެވޭ މިންވަރު އިތުރުވަމުންދާކަން ކަންބޮޑުވުމާއެކު ފާހަގަ ކުރާކަމަށް އުމަރު ނަސީރު ވިދާޅުވިއެވެ. އަދި މަސްތްވާތަކެތީގެ މައްސަލަ މިއަދު މިވަނީ ޤައުމީ ބޮޑު މައްސަލައެއްގެ ގޮތުގައި ބަލަން ޖެހިފައިކަމަށްއުމަރު ނަސީރު ވިދާޅުވިއެވެ.މަސްތްވާތަކެތީގެ ވިޔަފާރިކުރާ މީހުންނާއި މިވަބާގައި ޖެހޭ ޒުވާނުން އެއްދުވަހުން އަނެއްދުވަހަށް އިތުރުވުމާއި ބޭރުގެ ޑްރަގް ވިޔަފާރިވެރިންނާއި ގުޅިގެން ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި، އާއިލާތަކުން ކަމާބެހޭ ފަރާތްތަކަށް މިކަން ސިއްރު ކުރުން ފަދަކަންކަން ކުރަމުންދާކަމަށް ވިދާޅުވެފައިވެއެވެ.ރާއްޖޭގައި މަސްތުވާތަކެތި ބޭނުން ކުރާ މީހުންނާއި ބެހޭގޮތުން ދެހާސް  އެގާރަވަނައަހަރާއި ދެހާސް ބާރަވަނައަަހަރު ކުރެވިފައިވާ ސާވޭގެ ރިޕޯޓުން ދައްކާގޮތުން ރާއްޖޭގައި މަސްތުވާތަކެތީގެ ވަބައިގައި ޖެހިފައިވާ ހަތްހާހަށް ވުރެއް ގިނަ މީހުން ތިބިއިރު މީގެ ތެރެއިން އަށްޑިހަ އިންސައްތައަށް ވުރެ ގިނަ މީހުންނަކީ އުމުރުން ފަނައަހަރާއި ތިރީސް ފަސްއަހަރާއި ދެމެދުގެ ޒުވާނުންނެވެ.މަސްތްވާތަަކެތި ބޭނުންކުރުމުގެ ޤައިމީ މި ބޮޑު މައްސަލަ ހައްލު ކުރެވޭނީ މުޖުތަމަޢުގެ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމާއި އެހީތެރިކަން ލިބިގެން ކަމަށްވާއިރު، މިކަމުގައި މުޖުތަމައުގެ ފުރިހަމަ އެއްބާރުލުން ދެއްވުމަށް ހޯމްމިނިސްޓަރ ގޮވާލެއްވިއެވެ. އަދި އާއިލާތަކާއި ޤާނޫން އެކުލަވާލާ ފަރާތްތަކާއި ޤާނޫން ތަންފީޒް ކުރާ ބާރުތަކާއި އަދުލު އިންސާފްގެ ދާއިރާ ވެސް މި ދާއިރާގެ މައްޗަށް ތެދުވެރިކަމާއެކު އަބަދު ސަމާލުވެ ތިބުން މުހިންމު ކަމުގައި ހޯމްމިނިސްޓަރ ވިދާޅުވިއެވެ.މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ދުވަހާއި ގުޅޭ މިއަހަރުގެ ޝިޔާރަކަށް ކަނޑައަޅާފައިވަނީ " މިނިވަންކަމާއި ހަމަޖެހުން މަސްތުވާތަކެއްޗާއި ނުލާ " މިޝިއާރެވެ.