ވިޔަފާރި

2020ވަނަ އަހަރުގެ ބަޖެޓް: މަސްކިރުވުމުގައި ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް 50.6 މިލިއަން ރުފިޔާ


ރާއްޖޭގެ މަސްވެރިންނަށް މަސްކިރުވުމުގައި ދިމާވެފައިވާ މައްސަލަތައް ޙައްލުކުރުމަށް 50.6 މިލިއަން ރުފިޔާ 2020ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނައިފިއެވެ.

2020ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހެޅުއްވައި ވާހަކަފުޅުދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ މަސްވެރިންނަށް މިހާރު ދިމާވެފައިވާ އެންމެބޮޑު ދައްޗަކީ މަސްވެރިން ބަނާ މަސް ކިރުވުމުގައި ހަރުދަނާ ނިޒާމެއް ނެތުންކަމަށެވެ.

މިކަން ޙައްލުކުރުމަށްޓަކައި އަންނަ އަހަރުގެ ބަޖެޓުގައި މިފްކޯގެ ދަށުން ހިންގާ ކޫއްޑޫ އަދި ކަނޑުއޮތްގިރީގެ ކެޕޭސިޓީ އިތުރުކޮށް ވަސީލަތްތައް އިތުރުކުރުމަށް 50.6 މިލިއަން ރުފިޔާ ކަނޑައަޅާފައިވާކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

"މަސްވެރިކަމާ ގުޅުންހުރިކަންކަމަށް ބަލާއިރު، މަސްވެރިންނަށް މިހާރު ދިމާވާ އެންމެ ބޮޑު އެއް ދައްޗަކީ އެމީހުން ބާނާ މަސް ފަސޭހަކަމާއެކު ކިރާލެވޭނެ ގޮތްތައް މަދުވުން. 2020 ވަނަ އަހަރުގެ ބަޖެޓުގައި މިފްކޯގެ ކޫއްޑޫ އަދި ކަނޑުއޮތްގިރީގެ ކެޕޭސިޓީ އިތުރުކޮށް ވަސީލަތްތައް ތަރައްޤީކުރަން ހިމެނިފައިވާނެ. 2020 ވަނަ އަހަރުގެ ބަޖެޓުގައި މިފްކޯގެ ކޫއްޑޫ އަދި ކަނޑުއޮތްގިރީގެ ކެޕޭސިޓީ އިތުރުކޮށް ވަސީލަތްތައް ތަރައްޤީކުރަން ހިމެނިފައިވާނެ. " މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ޒަމާނީ ޓެކްނޮލިޖީ ބޭނުންކޮށްގެން ރާއްޖޭގައި ކުރާ މަސްވެރިކަން އިތުރުކުރުމަށްޓަކައި ރާއްޖޭގެ އެކިހިސާބުތަކުގައި ގޭދޮށު މަސްފެކްޓްރީ އެޅުމުގެ މަސައްކަތް ކުރުމަށް ވެސް ބަޖެޓުގައި ހިމަނާފައިވާކަމަށެވެ.

މީގެ އިތުރުން ވެސް ރާއްޖޭގައި ކުރާ މަސްވެރިކަމަކީ ދެމެހެއްޓެނިވި މަސްވެރިކަމަކަށް ހެދުމަށްޓަކައި މޯލްޑިވްސް ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މަސްވެރިން ބާނާ މަސް ކިރުވުމުގައި ހަރުދަނާ ނިޒާމެއް ނެރުމަކީ މިހާރު މަސްވެރިންނަށް ދިމާވެފައިވާ ބޮޑު ގެއްލުމެކެވެ. މިކަން ހައްލުކުރުމަށް މިފްކޯއިން މިހާރު ވެސް ދަނީ މަސައްކަތްތައް ކުރަމުންނެވެ.