ތިންވަނަ ބައިކް ޗެމްޕިއަންޝިޕް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ.
ބައިކް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބައިކް މޯލްޑިވެސް)އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ ބައިކް ޗެލެންޖު ކުރިއަށް ގެންގޮސްފައިވަނީ ހުޅުމަލެ ދެވަނަ ފޭސްގައި ދެދުވަހަކަށް ބަހާލައިގެން މިމަހުގެ އެއްވަނަ ދުވަހާއި ދެވަނަ ދުވަހުއެވެ.
ޖުމްލަ ހަތް ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ ބައިކް ޗެމްޕިއަންޝިޕްގައި ޓީމް އިވެންޓު، 200 މީޓަރު، 1000 މީޓަރު، 3000 މީޓަރުގެ އިތުރުން، ފަސް ކިލޯމީޓަރު، 10 ކިލޯމީޓަރު އަދި 40 ކިލޯމީޓަރާއި 60 ކިލޯމީޓަރު ހިމެނެއެވެ.
ޓީމް އިވެންޓުގެ އަންހެންބައިގެ އެއްވަނަ ހޯދީ މައްޗަންގޮޅީ ވުމަން، ދެވަނަ މުލަކު ރިކްރިއޭޝަން ހޯދިއިރު، ތިންވަނަ ހޯދާފައިވަނީ ތްރީސްޓާއެވެ. އަންހެނުންގެ 200 މީޓަރު ބައިސްކަލު ދުއްވުމުން އެއްވަނަ ހޯދީ މަރިޔަމް ޝާރަތު ޝަރީފެވެ. ދެވަނަ އަސްމާ ޙަސަން ހޯދިއިރު، އާމިނަތު އާދަމްވަނީ ތިންވަނަ ހޯދާފައެވެ. ޤައުމީ ބައިސްކަލު ޗެމްޕިއަންޝިޕްގެ 1000 މީޓަރުން އަސްމާ ހަސަން ވަނީ އެއްވަނަ ހޯދާފައެވެ. ދެވަނަ ހޯދާފައި ވަނީ މަރިޔަމް ޝާރަތު ޝަރީފެވެ. އަދި އެބައިގެ ތިންވަނަ ހޯދާފައިވަނީ އާމިނަތު އާދަމެވެ.
ތިން ހާސް މީޓަރު ދުވުމުން އަސްމާ ހަސަން އެއްވަނަ ހޯދިއިރު ޝާރަތު ވަނީ މިބައިގެ ދެވަނަވެސް ކާމިޔާބުކޮށްފައެވެ. 3000މީޓަރު ދުއްވުމުން ތިންވަނަ ހޯދާފައިވަނީ ހަމްދިއްޔާ ޢަބްދުލްޣަފޫރެވެ. ފަސް ކިލޯމީޓަރު ދުވުމުންނާއި 10 ކިލޯމީޓަރު ދުވުމުން ނިޒްމީން ލަޠީފު އެއްވަނަ ހޯދިއިރު، ފަސް ކިލޯމީޓާރު ދުވުމުން ދެވަނަ ހޯދީ ޒުލައިޚާ ދީދީއެވެ. މިބައިގެ ތިންވަނަ ޚަދީޖާ ދީދީ ހޯދިއިރު 10 ކިލޯމީޓާރު ދުވުމުން ދެވަނަ ހޯދީ އާމިނަތު އާދަމެވެ.
މުޅި މުބާރާތުން އަންހެނުންގެ އެއްވަނަ ބައިސްކަލު ދުއްވުންތެރިއަކަށްހޮވުނީ އަސްމާ ޙަސަނެވެ. ބައިކް މޯލްޑިވްސްއިން ކުރިއަށް ގެންދިޔަ ބައިކް ޗެމްޕިއަންޝިޕްގެ ފިރިހެނުންގެ ޓީމު އިވެންޓުން އެއްވަނަ ތްރީ ސްޓާ ހޯދިއިރު ދެވަނަ ހޯދާފައިވަނީ ކިޔަވާ ސްޕޯޓްސްއެވެ. އަދި ތިންވަނަ ހޯދާފައިވަނީ އެމް އެސް އެކަޑަމީއެވެ.
މުޅި މުބާރާތުން އެއްވަނަ ހޯދި ފިރިހެން ބައިސްކަލު ދުއްވުންތެރިޔާ އަލްޔާން މިރްޝާންވަނީ ފިރިހެނުންގެ 200 މީޓަރާއި، 1000 މީޓާރާއި ފަސް ކިލޯމީޓަރު ރޭހުން އެއްވަނަ ހޯދާފައެވެ. 200 މީޓަރު ރޭހުން ދެވަނަ ހޯދީ މުޙައްމަދު އަފްޒަލެވެ. އޭނާވަނީ 1000 މީޓަރު ރޭހުންނާއި، 3000 މީޓަރު ރޭހުން ތިންވަނަ ހޯދާފައެވެ. އަދި، 3000 މީޓަރު ރޭހުން ދެވަނަ ހޯދި އިބްރާހިމް ސުއާއު ވަނީ ފަސް ކިލޯމީޓަރު ރޭހުންވެސް ދެވަނަ ހޯދާފައެވެ. 3000 މީޓަރުން އެއްވަނަ ހޯދީ މުޙައްމަދު މާއިޒެވެ. އެބައިގެ ދެވަނަ ހޯދީ މަޚްތޫމް ހުސައިން މައްކާދެވެ.
ފަސް ކިލޯމީޓާރު ރޭހުން ތިންވަނަ ހޯދި މުޙައްމަދު ފާހިރު ވަނީ 10 ކިލޯމީޓަރު ރޭހުންވެސް އެއްވަނަ ހޯދާފައެވެ. 10 ކިލޯމީޓަރު ރޭހުން ދެވަނަ ހޯދާފައިވަނީ މުޙައްމަދު އާދަމެވެ. އަދި ތިންވަނަ ހޯދާފައިވަނީ ހުސައިން ޢަލީ ނަބީބެވެ. ޒުވާނުން ބައިސްކަލު ދުއްވުމާ ރައްޓެހި ކުރުވުމަށާއި، ރާއްޖޭގައި އަލުން ބައިސްކަލު ދުއްވުން ޢާންމުކުރުވުމުގެ މަޤުސަދުގައި ބައިކް މޯލްޑިވްސްއިން އަންނަނީ ގިނަ ޙަރަކާތްތަކެއް ހިންގަމުންނެވެ.