ޚަބަރު

ރައީސް ނަޝީދު އައްޑުއަށް ވަޑައިގަންނަވައިފި


ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އައްޑޫ ސިޓީ އަށް ވަޑައިގެންފިއެވެ.

ގދ. ވިލިގިނލީގައި ބޭއްވި "ދެކުނުގެ މަހާސިންތާ" ގައި ބައިވެރިވަޑައިގަތުމަށް ރައީސް ނަޝީދު ދެކުނަށް ކުރައްވާ ދަތުރުފުޅުގައި އައްޑޫ ސިޓީއަށް ވަޑައިގަތީ މިއަދު މެންދުރުފަހުއެވެ.

އެމަނިކުފާނަށް ހިތަދޫ ބަނދަރުން މަރުހަބާ ދެންނެވީ، އައްޑޫސިޓީ މޭޔަރ އަބްދުﷲ ސާދިޤާއި އެ ކައުންސިލްގެ މެމްބަރުންނާއި އައްޑޫސިޓީ ބައެއް މުޢައްސަސާތަކުގެ އިސްވެރިންނާއި އެމްޑީޕީގެ މެންބަރުންނެވެ. ރައީސް ނަޝީދުގެ މިދަތުރުފުޅުގައި، އެމްޑީޕީ ޕީޖީ ގްރޫޕުގެ ބައެއް މެންބަރުންވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ނަޝީދު އައްޑޫއަށް ކުރައްވާ މި ދަތުރުފުޅުގައި، ރޯވިންގް އެސޯސިއޭޝަންގެ އިންޓަ ސްކޫލު މުބާރާތް ނިންމުން ޝަރަފުވެރިކޮށްދެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އައްޑޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެމަނިކުފާނުގެ ދަތުރުފުޅު ނިންމާލާނީ މާދަމާ ހުޅުމީދޫ އަށް ޒިޔާރަތް ކުރެއްވުމަށް ފަހުއެވެ.

ދެކުނުގެ މަހާސިންތާގައި ބައިވެރިވުމަށް ގ.ދ ވިލިނގިއްޔަށް ކުރެއްވި މިދަތުރުފުޅުގައި ނަޝީދު ވަނީ އީއްޔެ ފުވައްމުލަކު ސިޓީއަށް ވެސް ވަޑައިގެންފައެވެ.