ޚަބަރު

ޗޭޖިންގް ރޫމެއްގައި ކެމެރާ ހަރުކޮށް ވީޑިއޯ ހަދަން އުޅުނު މައްސަލައެއް ފުލުހުން ބަލަނީ


ޗޭންޖިންގ ރޫމެއްގައި ސްޕައި ކެމެރާ ހަރުކޮށްގެން މުޢައްޒަފުންތަކެއްގެ އޮރިޔާންކާޑު އުފައްދަން އުޅުނު ކަމަށް އުޙުމަތުކުރާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނެފައިވަނީ ކެމެރާ ހަރުކުރި މައްސަލަ ހުށައަޅާފައިވަނީ ހދ.ހަނިމާދޫ މެޓް އޮފީހުގެ މަސައްކަތްކުރާ އަންހެން މުޢައްޒަފުންގެ ޗޭންޖިންގ ރޫމްގައި ކެމެރާ ހަރުކޮށް ވީޑިއޯ ހަދަން އުޅުނު މައްސަލައެއްކަމަށެވެ.

މި ކަން ހިންގާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 27ވަނަ ދުވަހު ކަމަށެވެ. ފުލުހުންނަށް މި މައްސަލަ ހުށައަޅާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 1ވަނަ ދުވަހުއެވެ.
މި މައްސަލައިގައި އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ކަމެއް ނުވަތަ ނޫންކަމެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. މި މައްސަލަ ފުލުހުންދަނި އިތުރަށް ތަޙްގީޤުުކުރަމުންނެވެ.
މިފަދަ ޢަމަލެއް ހިންގައިފިނަމަ ލަސްނޮކޮށް ފުލުހުންނަށް އެންގުމަށް ފުލުހުންވަނީ އިލްތިމާސްކޮށްފައެވެ.