ޚަބަރު

ކުޑަ ކުއްޖަކާމެދު ގަދަކަމުން ބަދުއަޚުލާގީ ޢަމަލު ހިންގިކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފި


15އަހަރުން ދަށުގެ އަންހެން ކުއްޖަކާއި ގަދަކަމުން ބަދުއަޙްލާޤީ ޢަމަލު ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

މެދުރާއްޖޭގެ ރަށެއްގައި ހިނގި މި މައްސަލަ ފުލުހުންނަށް ހުށައަޅާފައިވަނީ އިއްޔެ 11:00ހާއިރުކަމަށެވެ.

މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 34 އަހަރުގެ ބަންދްލަދޭޝް ފިރިހެނެކެވެ. ފުލުހުން ބުނެފައިވަނި މި މީހާއަކީ އިމިގްރޭޝަންގެ ޤާނޫނާއި ޚިލާފައި އުޅެމުން އަންނަ މީހެއްކަމަށެވެ.

މި މައްސަލަ ފުލުހުންދަނީ އިތުރަށް ތަޙްޤީގު ކުރަމުންނެވެ.