ޚަބަރު

ޗައިނާ ފަތުރުވެރިންގެ ޢަދަދު އިތުރުވުމަކީ ރާއްޖެ ޗައިނާއާމެދު ބާއްވާ ގާތްކަން ހާމަވާކަމެއް - ޝާހިދު

މިއަހަރުގެ ތެރޭގައި ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުވެގެން ދިއުމަކީ، މިސަރުކާރުން ޗައިނާއާމެދު ބާއްވާ ގާތްގުޅުން ހާމަކޮށްދޭކަމެއްކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެވެ.

ފޮރިން މިނިސްޓަރ މިހެން ވިދާޅުވީ، ޗައިނާ ފަތުރުވެރިންގެ ރައްކާތެރިކަމާބެހޭ 3ވަނަ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ޗައިނާގެ ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމާބެހޭގޮތުން ކަމާ ގުޅުންހުރި އިދާރާތަކުގެ މެދުގައި ބާއްވާ 3ވަނަ ބައްދަލުވުން ފަށްޓަވައިދެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދާއި، ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒަންގް ލިޒޮންގްއެވެ.

ޝެރަޓަން ފުލްމޫން ރިޒޯޓްގައި އޮތް މިބައްދަލުވުން މި ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވަނީ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށް ރައީސުލްޖުމްހިރިއްޔާ އިބްރާހީމް މުހައްމަދު ސާލިޙްގެ ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަމަށް އިޝާރާތް ކުރައްވާފައެވެ.

މިފަދަ ބައްދަލުވުމެއްގެ ސަބަބުން ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރަން ހުރި ގޮންޖެހުންތައް އެނގި، އެކަންތައް ހައްލުކުރާނެ ގޮތާއިމެދު މަޝްވަރާކުރެވި، ރާއްޖެއަށް ޒިޔާރަތްކުރާ ޗައިނާގެ ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމާބެހޭ އިދާރާތަކުގެ މެދުގައި މުޢާމަލާތްކުރުމަށް ފަސޭހަވެގެންދާނެ ކަން މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ. އަދި ހަމައެއާއިއެކު އެމަޝްވަރާތަކުގެ އަލީގައި ރަނގަޅު ނަތީޖާތަކެއް މިހާތަނަށް ނެރެވިފައިވާކަންވެސް މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.

"ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަރތުރުވެރިން އަންނަ ޤައުމަށް ވެފައި މިވަނީ. އަޅުގަނޑުމެންނަށް މި ފެނިގެންދިޔައީ ވެތުވެ ދިޔަ އަހަރުތަކުގައި މި އަދަދު މަދުވަމުން ދިޔަ މަންޒަރު. އެހެންނަމަވެސް މިއަހަރު މިކަމަށް މިވަނީ ހެޔޮ ބަދަލުތަކެއް އައިސްފައި. މިކަމަކީ ރާއްޖެއާއި ޗައިނާގެ މިހާރުގެ ވަރުގަދަ ގުޅުން ހާމަކޮށްދޭކަމެއެ." މިނިސްޓަރ ޝާހުދު ވިދާޅުވިއެވެ.

މީގެއިތުރުން މިއަހަރުގެ ތެރޭގައި ރާއްޖެއަށް އަންނަ ޗައިނާ ފަތުރުވެރިންގެ ޢަދަދަށްއައި ހެޔޮ ބަދަލަށް މިނިސްޓަރ އަލިއަޅުއްވާލެއްވިއެވެ. މިއަހަރުގެ ތެރޭގައި ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެން ދިއުމަކީ، މި ސަރުކާރުން ޗައިނާއާއި ބާއްވާ ގާތް ގުޅުން ހާމަކޮށްދޭކަމެއްކަމަށް ފޮރިން މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވަނީ ފަތުރުވެރިކަމުގެ ދާއިރާގެ ސްޓްރެޓީޖިކް ޕްލޭނާއި، އެމިނިސްޓްރީއިން ކުރަން ރާވާފައި ހުރި ބައެއް ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެމިނިސްޓްރީއިން ދެވެން ހުރި ހުރިހާ އެއްބާރުލުމެއް ދޭނެކަމުގެ ޔަޤީންކަން މިނިސްޓަރ އަލީ ވަހީދު ވަނީ އަރުވާފައެވެ.

މި ރަސްމިއްޔާތުގައި ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ވާހަކަފުޅުގައި، ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ރައްކާތެރި މާހައުލެއް ޤާއިމްކޮށްދިނުމަށް ދިވެހި ސަރުކާރުން ކޮށްދެއްވާ މަސައްކަތަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މި ބައްދަލުވުމުގެ ސަބަބުން ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުމަށް ލިބޭނެކަމަށް ސަފީރު ވިދާޅުވިއެވެ.

ޗައިނާ ފަތުރުވެރިންގެ ރައްކާތެރިކަމާއި ބެހޭ ބައްދަލުވުމަކީ 2014 ވަނަ އަހަރު ޗައިނާގެ ރައީސް ޝީ ޖިންގްޕިންގް ދިވެހިރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ދެޤައުމުގެ މެދުގައި ސޮއިކުރެވުނު މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިންގ އެއްގެ ދަށުން ބާއްވަމުން އަންނަ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ޗައިނާގެ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި ބެހޭ ގޮތުން ކަމާއި ގުޅުން ހުރި އިދާރާތަކުގެ މެދުގައި މަޝްވަރާކުރުމެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވަނީ ފަތުރުވެރިކަމުގެ ދާއިރާގެ ސްޓްރެޓީޖިކް ޕްލޭނާއި، އެމިނިސްޓްރީއިން ކުރަން ރާވާފައި ހުރި ބައެއް ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެމިނިސްޓްރީއިން ދެވެން ހުރި ހުރިހާ އެއްބާރުލުމެއް ދޭނެކަމުގެ ޔަޤީންކަން މިނިސްޓަރ އަލީ ވަހީދު ވަނީ އަރުވާފައެވެ.