ދީން

އައިޖީއެމްއެޗްގައި ދެ ބުރީގެ އާ މިސްކިތެއް ހެދުމަށް ނިންމައިފި


އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގައި ދެ ބުރީގެ އާ މިސްކިތެއް ހެދުމަށް ނިންމައިފިއެވެ.ހައުސިން މިނިސްޓްރީން ބުނީ، އަލަށް ހަދާ މިސްކިތަކީ އައި ޖީ އެމް އެޗްގެ އެދުމުގެ މަތިން ހެދުމަށް ހަމަޖެހިފައިވާ މިސްކިތެއް ކަމަށެވެ.މިހާރު ބޭނުންކުރަމުންދާ މިސްކިތުގައި ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށާއި، އަލަށް ހެދުމަށް ހަމަޖެހިފައިވާ ދެ ބުރީގެ އާ މިސްކިތުގެ ސަބަބުން ޖާގައިގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.ހައުސިން މިނިސްޓްރީން މިހާރު ވަނީ މި މިސްކިތް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލާފައެވެ.