ދުނިޔެ

ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގެ މެންބަރެއްގެ ގޮތުގައި ފަލަސްތީން


ބައިނަލްއަގްވާމީ ޖިނާއީ ކޯޓު އުފެއްދުމުގެ މުއާހަދާގައި ބައިވެރިވާ ގައުމުތަކުން ދަ ހޭގްގައި ބޭއްވި ޖަލްސާއެއްގައި ފުރަތަމަ ފަހަރަށް ފަލަސްތީން ބައިވެރިވެއްޖެއެވެ.ފަލަސްތީނުގެ ޚާރިޖީ ވުޒަރާއިން ބުނީ ބައިނަލްއަގްވާމީ ޖިނާއީ ކޯޓުން ދަހޭގްގައި ބާއްވާ އެކޯޓު ގެ ތޭރަވަނަ ބައްދަލުވުމުގައި ފުރިހަމަ މެންބަރު ގައުމެއްގެ ގޮތުގައި ފަލަސްތީން ބައިވެރިވާ ކަމަށެވެ.އަނެއްކޮޅުން ހުޅަނގު އައްސޭރިއާއި ޣައްޒާގައި އިސްރާއީލުން ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތަކާ އަދި އިންސާނިއްޔަތާ ޚިލާފު އަނިޔާތަކާބެހޭ މައުލޫމާތާއި އެކަމާބެހޭ ލިޔެކިޔުންތައް މިއަދު ބައިނަލްއަގްވާމީ ޖިނާކޯޓަށް ހުށަހަޅާނެ ކަމަށް ފަލަސްތީން ސަރުކާރުން ބުނެއެވެ.2014 ވަނަ އަހަރު އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއާ ދެކޮޅަށް ކުރި އުދުވާނީ ހަނގުރާމައިގާ އިސްރާއީލުން ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާ ހިންގާފައިވާކަން މިކަން ތަހްގީގްކުރި އދ. ގެ ޓީމުން ވަނީ ހާމަކޮށްފައެވެ.