ދުނިޔެ

އެމެރިކާއިން ޖާސޫސުކުރި މައްސަލައަކީ ކުޑަމައްސަލައެއް ނޫން


އެމެރިކާއިން ފަރަންސޭސި ރައީސުންނަށް ޖާސޫސުކުރި މައްސަލައަކީ ކުޑަމައްސަލައެއް ނޫންކަމަށް ފަރަންސޭސި ބޮޑުވަޒީރު މެނުއަލް ފާލްސް ވިދާޅުވެއްޖެއެވެ.ފަރަންސޭސި ޕާލަމެންޓްގައި ވާހަކަ ދައްކަވަމުން ފާލްސް ވިދާޅުވީ އެމެރިކާ ފަރަންސޭސިވިލާތަށް ޖާސޫސުކުރުމުގެ ސަބަބުން ދެގައުމުގެ ގުޅުންތަކަށް ލިބުނު ގެއްލުންތައް އިސްލާޙް ކުރަންޖެހޭނީ އެމެރިކާއިން ކަމަށެވެ. ފާލްސް ވިދާޅުވީ އެމެރިކާއާއި ފަރަންސޭސިވިލާތަކީ  ގާތްގުޅުންތަކެއް އޮންނަ ދެ ބައިވެރިންކަމަށްވާއިރު އެމެރިކާވެސް ފަރަންސޭސިވިލާތުގެ ސިޔާސީ ސިޔާސަދަށް އިހްތިރާމްކުރަންޖެހޭނެ ކަމަށެވެ.އެމެރިކާގެ ޖާސޫސޫ އިދާރާ ކަމަށްވާ ނެޝަނަލް ސެކިއުރިޓީ އެޖެންސީން ފަރަންސޭސިވިލާތުގެ ތިން ރައީސުންނާ ދެކޮޅަށް ފުޅާދާއިރާއެއްގައި ޖާސޫސުކޮށްފައިވާކަން ވިކިލީކްސް އިން އަލަށް ބޭޒާރުކޮށްލި އެމެރިކާގެ ސިއްރު ލިޔުންތަކަކުން ހާމަވުމާ ގުޅިގެން ފަރަންސޭސި ސަރުކާރުންވަނީ އެމެރިކާގެ މިއަމަލު ކުށްވެރިކޮށްފައެވެ. އަދި މިމައްސަލައާބެހޭގޮތުން ސުވާލު ކުރުމަށް ޕެރިހުގައި ހުންނަވާ އެމެރިކާގެ ސަފީރު، ފަރަންސޭސި ޚާރިޖީ ވުޒާރާއަށްވެސް ޙާޒިރުކޮށްފައިވެއެވެ.