ޚަބަރު

ފުލުހަކަށް މަރުގެ އިންޒާރުދީގެން 3 ފިރިހެނުން ހައްޔަރުކޮށްފި


ފުލުހަކަށް މަރުގެ އިންޒާރުދީގެން 3 މީހަކު ހައްޔަރުކޮށްފިއެވެ.
އެއީ 3 ފިރިހެނުން ކަމަށާ، ކޯޓު އަމުރުގެ ދަށުން މި 3 މީހުން ހައްޔަރުކުރީ މިއަދު މެންދުރު ފުވައްމުލައް ސިޓީއިންކަމަށް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ޢުމުރުން 19 އަހަރާއި، 25 އަހަރާއި، 31 އަހަރުގެ ދިވެހި 3 ފިރިހެނުންނެވެ. ނަމަވެސް މި މައްސަލައާއި ގުޅޭ އިތުރު މަޢުލޫމާތެއް ފުލުހުން ޙާމަކުރައްވާފައެއް ނުވެއެވެ. މި މައްސަލަ ފުލުހުންދަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.