 
					
									
			އިންކަމް ޓެކްސްއާ ބެހޭގޮތުން މަޝްވަރާކުރުމަށް ޚާއްސަ ޕެނަލް ޑިސްކަޝަނެއް ބޭއްވުމަށް މޯލްޑިވްސް އިކޮނޮމިކް ރެވިއުއިން ތައްޔާރުވެއްޖެއެވެ. 
އިޤްތިޞާދީ ދިރާސާތައް ޝާއިޢުކުރާ މޯލްޑިވްސް އިކޮނޮމިކް ރެވިއު މަޖައްލާއިން އިންތިޒާމްކުރާ މި ޕެނަލް ޑިސްކަޝަންއަކީ، "މޯލްޑިވްސް އިކޮނޮމިކް ރެވިއު ޓޮޕިކަލް ޑިސްކަޝަން ސީރީޒް"ގެ ދަށުން ބާއްވާ ފުރަތަމަ ޕެނަލް ޑިސްކަޝަނެވެ. މިއީ އެޓޯލް ކެޕިޓަލް ފައިނޭންސްއާ ގުޅިގެން މޯލްޑިވްސް އިކޮނޮމިކް ރެވިއުއިން ބާއްވާ ޕެނަލް ޑިސްކަޝަނެކެވެ. 
މިޕެނަލް ޑިސްކަޝްގައި ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވާނީ އިޤްތިޞާދީ ތަޖުރިބާކާރެއްކަމަށްވާ ބަންދު އިބްރާހިމް ސަލީމާއި، ކުރީގެ ފިނޭންސް މިނިސްޓަރ މުހައްމަދު އީނާޒް އަދި ފިނޭންސް މިނިސްޓްރީގެ ޓެކްސް ޕޮލިސީ ކޮންސަލްޓަންޓެއްކަމަށްވާ އަަރުޝަދު ޖަމީލްއެވެ. 
މޯލްޑިވްސް އިކޮނޮމިކް ރެވިއުއިން މަޢުލޫމާތުދޭ ގޮތުގައި އިންކަމް ޓެކްސްއާ ބެހޭގޮތުން މަޝްވަރާކުރުމަށް ބާއްވާ މި ޕެނަލް ޑިސްކަޝަން އޮންނާނީ މިމަހުގެ 30 ވަނަ ދުވަހު ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒްގެ 3 ވަނަ ބުރީގައެވެ. އަދި މިޕެނަލް ޑިސްކަޝަންގައި ބައިވެރިވުމަށް މީހުންނަށް ވަދެވޭނީ ވަކި އަދަދަކަށްކަމަށާއި، އެކަމަށްޓަކައި ރަޖިސްޓްރީވާންޖެހޭނެކަމަށް މޯލްޑިވްސް އިކޮނޮމިކް ރެވިއުއިން މަޢުލޫމާތުދެއެވެ.