ޚަބަރު

މިއަދަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ އޯޑިއޯވިޜުއަލް ތަރިކައިގެ ދުވަސް


މިއަދަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ އޯޑިއޯވިޜުއަލް ތަރިކައިގެ ދުވަހެވެ.

ޔުނެސްކޯއިން މިދުވަސް ބައިނަލް އަޤްވާމީ ފެންވަރުގައި ފާހަގަކުރަންފަށާފައިވަނީ 2005 ވަނަ އަހަރުގެ އޮކްޓޫބަރ މަހުގެ 27 ވަނަ ދުވަހުއެވެ. މިދުވަސް ފާހަގަކުރުމަށް މިއަހަރު ކަނޑައަޅާފައިވާ ޝިއާރަކީ "އަޑާއި މަންޒަރުގެ ތެރެއިން މާޒީއަށް ޝައުޤުވެރި ކުރުވާ"އެވެ.

އޯޑިއޯވިޜުއަލް ތަރިކައިގ ދުވަހަކީ އަޑާއި މަންޒަރުގެ ގޮތުގައި ކިތާބުކުރެވިފައިވާ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުންގެ އާދަކާދައާއި ސަޤާފަތް އަދި ބަހުގެ މުއްސަނދިކަން ދެނެގަނެ އެފަދަ ރިކޯޑްކޯށްފައިވާ އަޑާއި މަންޒަރުތައް ރައްކާތެރިކަމާއެކު އަންނަން އޮތް ޖީލުތަކަށް ވާޞިލްކޮށްދިނުމުގެ މުހިއްމުކަމާއި އެތަކެތި ރައްކާތެރިކަމާއެކު ބެހެއްޓުމަށް ކުރިމަތިވާ ގޮންޖެހުންތަކާއި މެދު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ.

މި ދުވަސް ފާހަގަ ކުރުމުގެ އެންމެ މުހިއްމު އެއްބެނުމަކީ ރިކޯޑުކުރެވިފައިވާ އަޑާއި މަންޒަރު މެދުވެރިކޮށް ބައިނަލްއަޤްވާމީ ސަޤާފީ މުއްސަނދިކަން ދެނެގަތުމެވެ. އަދި ދުނިޔޭގެ އެކިކަންކޮޅުތަކުގައިވާ މިފަދަ ރިކޯޑުތަކަކީ ރައްކާތެރިކަމާއެކު ބެލެހެއްޓޭ އެއްޗަކަށް ހަދައި އާންމު އެންމެހާ ފަރާތްތަކަށް ކަމާބެހޭ މުއައްސަސާތަށް މެދުވެރިކޮށް އެތަކެތި އަޑުއަހައި ބެލޭނެ އިންތިޒާމް ހަމަޖައްސައިދިނުމެވެ.