ޚަބަރު

"އޯގާތެރިކަމާއި މެދުމިން"ގެ ނަމުގައި ޢިލްމުވެރިންނަށް ވޯރކްޝޮޕެއް ކުރިއަށްގެންގޮސްފި


ޢިލްމްވެރިން ތާޒާކުރުމަށްޓަކައި "އޯގާތެރިކަމާއި މެދުމިން"ގެ ނަމުގައި ވޯރކްޝޮޕެއް ކުރިއަށްގެންގޮސްފިއެވެ.

މިމަހުގެ 24އިން 26އަށް ކުރިއަށް ގެންދިޔަ މިވޯކްޝޮޕަކީ އިސްލާމިކް މިނިސްޓްރީއާއި ސަޢުދީ ޢަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީން ގުޅިގެން ކުރިއަށްގެންދިޔަ ވޯރކްޝޮޕެކެވެ. މިއީ ދަޢުވަތުގެ މައިދާނުގައި ޢިލްމުވެރިން އޯގާތެރިކަމާއި މެދުމިން އިސްކުރުމާއި ޙިކުމަތްތެރިކަމާއެކު ދަޢުވަތު ދިނުމުގެ މައްޗަށް ބާރުއެޅުމަށް ހިންގި ވޯކްޝޮޕެކެވެ.

ސަޢުދީ ޢަރަބިއްޔަ އިސްލާމިކް މިނިސްޓްރީގެ ބޭފުޅުން ކިޔަވައިދިން މި ވޯކްޝޮޕްގައި ވަނީ މާތް ﷲގެ މަގަށް ގޮވާލުމުގެ މާތްކަމާއި ދަޢުވަތު ދިނުމުގެ މުހިއްމުކަން އަދި ދަޢުވަތުގެ މައިދާނުގައި ޢިލްމުވެރިން ސަމާލުވާންޖެހޭ މުހިއްމު މަޢުޞޫތަކުގެ މަތިން ހަނދާންކޮށްދީފައެވެ. މި ވޯރކްޝޮޕްގައި ވަނީ ރާއްޖޭގައި ތިބި ގިނަ ޢިލްމުވެރިން ބައިވެރިވެފައެވެ.