ޚަބަރު

ޕީއެސްއެމްއާ އުޤައިލް ފައުންޑޭޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި


ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް)އިން އުޤައިލް ފައުންޑޭޝަން ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ޕީއެސްއެމްގެ ޓީވީ ބިލްޑިންގްގައި ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަލީ ޚާލިދެވެ. އުޤައިލް ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ފައުންޑޭޝަންގެ ފައުންޑަރ އަދި ރައީސް ޕްރޮފެސަރ ހަސަން އުޤައިލެވެ.

ޕީއެސްއެމްއިން އުޤައިލް ފައުންޑޭޝަންއާއި ދެމެދު ދެ އަހަރު ދުވަހުގެ މުއްދަތަކަށް މިވީ އެއްބަސްވުމުގެ ދަށުން އުޤައިލް ފައުންޑޭޝަންގެ ޚަބަރުތަށް ޕީއެސްއެމްގެ ޗެނަލްތަކުން ގެނެސްދިނުމަށް އެއްބަސްވެފައިވެއެވެ. މިއެއްބަސްވުމުގެ ދަށުން އެޤައިލް ފައުންޑޭޝަނުން ޕީއެސްއެމްގެ މުވައްޒަފުންނަށް ޚާއްސަ ތަމްރީންތައް ހިންގުމަށްވަނީ ހަމަޖެހިފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، ޕީއެސްއެމްގެ މެނޭޖިންގް ޑިރެކްޓަރ ޢަލީ ޚާލިދު ވަނީ ޕްރޮފެސަރ ހަސަން އުޤައިލް ރާއްޖެއަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި މި އެއްބަސްވުމުގެ ދަށުން ޕީއެސްއެމްގެ މުވައްޒަފުންނަށް ގިނަ ފައިދާތަކެއް ކުރާނެކަމަށް އުންމީދުކުރައްވާކަމަށް ޢަލީ ޚާލިދު ވިދާޅުވިއެވެ.

" މި އެއްބަސްވުމުގެ ދަށުން އުގެއިލް ފައުންޑޭޝަންގެ ޚަބަރުތަށް ޕީއެސްއެމްގެ ޗެނަލްތަކުން ގެނެސްދިނުމަށް އެއްބަސްވެފައިވާއިރު، މި އެއްބަސްވުމުގެ ދަށުން އުގެއިލް ފައުންޑޭޝަންއިން ޕީއެސްއެމްގެ މުއައްޒަފުންނަށް ޙާއްސަ ތަމްރީންތަށް ހިންގުމަށް ވަނީ ހަމަޖެހިފައި. މިއީ ވަރަށް ފަހި ފުރުސަތުތަކެއް." އަލީ ޚާލިދު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، އުޤައިލް ފައުންޑޭޝަންގެ ފައުންޑަރ އަދި ރައީސް ޕްރޮފެސަރ ހަސަން އުޤައިލް ވަނީ ޕްރޮފެސަރ އުޤައިލާއި ޕީއެސްއެމްއާ ދެމެދު އޮންނަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އުޤައިލް ފައުންޑޭޝަނުން ރާއްޖޭގައި އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާ ފުޅާކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިއަހަރުގެ އޮގަސްޓްމަހުގެ 26ވަނަ ދުވަހު ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓެކް ފެއަރއެއް ވަނީ ބާއްވާފައެވެ.