ސިޔާސީ

ޝިފާޒްއަށް ނަސޭހަތްތެރި ވުމަށްފަހު ދޫކޮށްލައިފި


މަނާ
ގަޑިއެއްގައި އަޑުގަދަ ކުރާ ބޭނުންކުރުމުގެ ސަބަބުން، ރޭ ފުލުހުންގެ ބެލުމުގެ
ދަށަށް ގެންދިޔަ އެމް.ޑީ.ޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒްއަށް
ނަސޭހަތްތެރިވުމަށް ފަހު މިހާރު ދޫކޮށްލާފައިވާކަމަށް ފުލުހުން ބުނެފިއެވެ.



އެމް.ޑީ.ޕީގެ
ނައިބު ރައީސް މުހައްމަދު ޝިފާޒް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ
މަނާ ގަޑިއެއްގައި އާއްމުންނަށް އުނދަގޫވާގޮތަށް އަޑުގަދަކުރާ ބޭނުންކުރުމުގެ
ސަބަބުންކަމަށް ފުލުހުން މައުލޫމާތުދެއެވެ.



އޭނާ
ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ "އަނިޔާވެރިކަން ނިންމަން"
މިނަމުގައި ރޭ އެމް.ޑީ.ޕީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން
ދަނިކޮށެވެ.