ޚަބަރު

ތޫނު ހަތިޔާރުން ބިރުދެއްކި ދެމީހަކު ކޮނޑޭއިން ހައްޔަރުކޮށްފި


ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހަކަށް މަރުގެ އިންޒާރުދިން މީހަކާއި، ކުޑަކުއްޖަކު ހުވަދު އަތޮޅު އުތުރުބުރީ ކޮނޑޭއިން ހައްޔަރުކޮށްފިއެވެ.މިމައްސަލާގައި ހައްޔަރު ކޮށްފައިވަނީ ނަވާރަ އަހަރުގެ މީހަކާއި، ކުޑަ ކުއްޖެއް ކަމަށާއި، މިދެމީހުންނާ ބެހޭ ތަހްގީގު ކުރަމުންދާ ކަމަށް މޯލްޑިވްސް ޕޮލިސް ސަވިސްއިން ހާމަކުރެއެވެ.ކޯޓް އަމުރެއްގެ ދަށުން މިދެމީހުން ހައްޔަރު ކުރީ މިމަހުގެ ވިހިވަނަ ދުވަހުގެރޭ ކޮނޑެ ފުޓްބޯޅަ ދަނޑުގައި ފުޓުބޯޅަ ކުޅެންތިބި މީހަކާއި ޖެހުނު މައްސަލައެއްގައި އެތަނަށް ގޮސް އެތަނުގައި ހުރި މީހަކަށް އަމިއްލައަށް ދަގަނޑުން ތައްޔަރުކޮށްފައިވާ ތޫނު ހަތިޔާރެއް ބޭނުން ކޮށްގެން ބިރުދައްކައި މަރުގެ އިންޒާރު ދިނުމައި ގުޅިގެން ކަމަށް ފުލުހުން ބުނެއެވެ. އަދި އެމީހުން ގެންގުޅުނު ހަތިޔާރު އެމީހުން އަތުން އަތުލައި ކޮނޑޭ ކައުންސިލާއި ހަވާލުކޮށްފައި ވަނީ ދަނޑުގައި އެވަގުތު ކުޅެން ތިބި މީހުން ކަމަށްވެސް ފުލުހުން މަޢުލޫމާތުދެއެވެ.