ޚަބަރު

ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓެއްގައި 2 މީހަކަށް އަނިޔާ ވެއްޖެ


އައްޑޫސިޓީ ލިންކް ރޯޑުގައި މިއަދު ހިނގި އެކްސިޑެންޓެއްގައި 2 މީހަކަށް އަނިޔާ ވެއްޖެއެވެ.ޕަބްލިކް ސަރވިސް މީޑިއާއަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު ހިނގި އެކްސިޑެންޓްގައި އަނިޔާވީ އެކެއްގެ ހާލު ސީރިއަސް ކަމަށާއި، އެދެމީހުންނަށްވެސް ހިތަދޫ ރީޖަނަލް ހޮސްޕޮޓަލްގައި ފަރުވާދެމުންދާކަމަށެވެ.މިއެކްސިޑެންޓް ހިނގާފައިވަނީ އައްޑޫ ސިޓީ ސެންޓްރަލް ކުރިމަތީގައި މިއަދު މެންދުރުކުރީ އެގާރާ ޖަހާ އެހާކަންކާއިރުއެވެ. މިއެކްސިޑެންޓް ހިނގަން މެދުވެރިވީ ބާރުސްޕީޑެއްގައި ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލްނުވެ ގޮސް ފުލުހުންގެ ބެރިކޭޑެއްގައި ޖެހިގެންކަމަށް ފުލުހުން ބުނެއެވެ.މިއެކްސިޑެންޓުގައި އަނިޔާވެފައިވަނީ ދެފިރިހެނުންނަށް ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.ފަހަކަށްއައިސް އައްޑޫ ލިންކްރޯޑްގައި ހިނގާ އެކްސިޑެންޓްގެ އަދަދު ވަނީ އިތުރުވެފައެވެ. އަދި ލިންކް ރޯޑްގައި އެކިފަހަރު މަތިން ހިނގާފައިވާ އެކްސިޑެންޓްތަކުގައި ބައެއްމީހުންގެ ފުރާނަވެސް ވަނީ ގެއްލިފައެވެ.