އަފްޣާނިސްތާނުގެ އުތުރުގެ ގުންދުޒް
ޕްރޮވިންސްގެ ސްޓްރެޓީޖިކް ސަރަހައްދެއް
ކަމަށްވާ ޗާރްދާ ތާލިބާނުން
ގެ އަތްދަށަށް
ހިނގައްޖެއެވެ.
މިސަރަހައްދު ތާލިބާނުންގެ
އަތްދަށަށް ދިޔައީ އަފްޣާން
ސިފައިންނާއި ތަލިބާން ހަނގުރާމަވެރިންނާ
ދެމެދު ހަ ގަޑިއިރުވަންދެން
ހިނގި ވަރުގަދަ ހަނގުރާމައަކަށް
ފަހުގައި ކަމަށް ޚަބަރުލިބެއެވެ.
އަފްޣާން ސަރުކާރުންވަނީ
ޗާރްދާ ތާލިބާނުންގެ އަތްދަށުން
މިނިވަން ކުރުމަށްޓަކައި ކުއްލި
ޢަސްކަރީ އޮޕަރޭޝަނެއް ފެށިކަން
ކަށަވަރުކޮށްދީފައެވެ. އަފްޣާނިސްތާނުގެ
އުތުރުގެ ގުންދުޒް ޕްރޮވިންސްގެ
ޗާރްދާ ސަރަހައްދު ސްޓްރެޓީޖިކް
ސަރަހައްދަކަށްވަނީ އެތަން އޮންނަނީ
ވެރިރަށް ކާބުލްއަށް ދާ
ހައިވޭ އާއި ގުންދުޒްގެ
ސަރަހައްދީ އެއަރޕޯޓްގެ ކޮންޓްރޯލް
ލިބޭފަދަ ކައިރި ހިސާބެއްގައިވާތީ
ކަމަށް މުރާސިލުން ބުނެއެވެ.
ޗާރްދާ ތާލިބާނުން
ގެ އަތްދަށަށް
ދިޔުމާއެކު އެޖަމާއަތުގެ ހަނގުރާމަވެރިން
ތިބީ ގުންދުޒްގައިވާ އަފްޣާން
ސަރުކާރުގެ އިދާރާތަކާ ވަރަށް
ގާތް ހިސާބެއްގައި ކަމަށް
ރިޕޯޓްތައް ބުނެއެވެ. އަފްޣާން މަސްއޫލުވެރިއަކު
ވަނީ ޗާރްދާ ސަރަހައްދު
އަނބުރައި ސަރުކާރުގެ ކޮންޓްރޯލްގެ
ދަށަށް ގެންނާނެކަން ހާމަކުރައްވާފައެވެ.