ސިޔާސީ

ކުރީގެ ރައީސް ނަޝީދު ވަގުތީގޮތުން ގޭ ބަންދަށް ބަދަލުކޮށްފި


ޓެރެރިޒަމްގެ ކުށުގައި 13 އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރަމުންދާ ކުރީގެ ރައީސް މުހައްމަދު ނަޝީދު 3 ދުވަހަށް ގޭބަންދަށް ބަދަލުކޮށްފިއެވެ.ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމްއަށް މައުލޫމާތުދެއްވަމުން ކަރެކްޝަނަލް ސަރވިސްގެ މީޑިއާ އޮފިޝަލް މޫސާ ރަމީޒް ވިދާޅުވީ ރައީސް ނަޝީދު ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކޮށްފައިވަނީ ޑޮކްޓަރުގެ ލަފާގެ މަތިން ކަމަށެވެ. އަދި ގޭބަންދުގައި ހުންނަ 3 ދުވަހު ރައީސް ނަޝީދު ހުންނަވާނީ މ. ޔާގޫތުގޭގައިކަމަށް ހޯމް މިނިސްޓްރީން މައުލޫމާތުދެއެވެ.ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލުހުކުމެއް އިއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާގެ މަޤާމުގައި ހުރެ ކްރިމިނަލްކޯޓުގެ އިސް ޤާޟީ އަބްދުއްﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައެވެ.