ޚަބަރު

އުނގޫފާރުގެ ބަނދަރު ބައްތިތައް ލެޑް ލައިޓަށް ބަދަލުކޮށްފި


މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ބަނދަރު ބައްތިތައް ލެޑް ލައިޓަށް ބަދަލުކޮށްފިއެވެ.އުނގޫފާރު ބަނދަރުގައި ހުރި 37 ބައްތި ލެޑް ލައިޓަށް ބަދަލުކޮށްފައިވާއިރު، މި ބަދަލާއެކު ބަނދަރުގެ ލައިޓްތަކަށް ދައުލަތުން ކުރަންޖެހޭ ހޭދަ ދެގުނައަށް ކުޑަވެގެންދާނެކަމަށް އުނގޫފާރު ކައުންސިލުން މައުލޫމާތުދެއެވެ.ކުރިން ދިއްލަމުންދިޔަ ކޮންމެ ލައިޓެއްގައި 150 ވޮޓް ހުންނައިރު އަލަށް ހަރުކުރި ލައިޓްތަކަކީ 75 ވޮޓްގެ ލައިޓެވެ.މިއީ އެންވަޔަރންމެންޓް މިނިސްޓްރީން އުނގޫފާރު ބަނދަރު ބައްތި ލެޑަށް ބަދަލުކުރުމަށް ފޯރުކޮށްދީފައިވާ ބައްތި ތަކެއް ކަމަށާއި، މި ޕްރޮޖެޓްގެ ދަށުން ދ. ކުޑަހުވަދުއަށްވެސް ލައިޓް ފޯރުކޮށްދީފައިވާކަމަށް އެންވަރޔަންމެންޓް މިނިސްޓްރީން ހާމަކުރެއެވެ.ރ.އުނގޫފާރާއި، ދ. ކުޑަހުވަދުއަކީ ޖަރުމަނުގެ އެހީއެއްގެ ތެރެއިން ސޯލާ ޕެނަލް ހަރުކޮށް އަވިން ކަރަންޓް އުފެއްދުމުގެ ޕްރޮޖެޓެއް ފަށާފައިވާ ދެރަށެވެ.އުނގޫފާރު ބަނދަރު ބައްތިތައް ލެޑް ލައިޓަށް ބަދަލުކުރިއިރު، އެރަށުގެ މަގުތަކުގައިވެސް ވަނީ ލެޑް ލައިޓް ހަރުކޮށްފައެވެ.