ސިޔާސީ

ރައީސް ޗައިނާއަށް ކުރެއްވި ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެންފި


ޗައިނާއާއި ޖަރުމަނުވިލާތަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ.ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ވިދާޅުވީ، ރައީސް މާލެވަޑައިގަތީ މިއަދު ހެނދުނުގެ ވަގުތެއްގައިކަމަށެވެ. ނަމަވެސް އިތުރު ތަފްސީލް ހާމައެއްނުކުރައްވައެވެ.ރައީސް މިމަހުގެ އެގާރަވަނަ ދުވަހު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަކީ، ޔުނާން ޕްރޮވިންސްގައި އޮތް ތޭވީސް ވަނަ ކުންމިންގ އިމްޕޯޓް އެންޑް އެކްސް ޕޯޓް ފެއާރއާއި، ޗައިނާ ސައުތު އޭޝިއާ އެކްސްޕޮޒިޝަންގައި ބައިވެރިވެ ވަޑައިގަތުމަށްކުރެއްވި ދަތުރުފުޅެކެވެ. އެއަށްފަހު އެމަނިކުފާނުވަނީ، މިމަހުގެ ތޭރަވަނަ ދުވަހު ޖަރުމަނަށް އަމިއްލަ ދަތުރުފުޅެއްގައި ވަޑައިގެންފައެވެ.