ތަޢުލީމު

ތިން ސްކޫލެއްގައި އިތުރު ކްލާސްރޫމުތަކެއް އެޅުމަށް 3 ކުންފުންޏަކާ ހަވާލުކޮށްފި


ތިން ސްކޫލެއްގައި އަލަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ކްލާސްރޫމްތައް އިމާރާތްކުރުމަށް 3 ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

އެގޮތުން ގދ.ފިޔޯރި ސްކޫލް ގައި 2 ފަންގިފިލާގެ 6 ކްލާސްރޫމް އެޅުމަށް ހަވާލުކޮށްފައިވަނީ އިނޯކާ ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތް 225 ދުވަހުގެ ތެރޭގައި ނިންމާގޮތަށް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ ފަސް މިލިޔަނަށް ވުރެ ގިނަ ރުފިޔާއަށެވެ.

ކ.ހުރާ ސްކޫލްގައި 2 ފަންގިފިލާގެ 6 ކްލާސްރޫމް އިމާރާތްކުރުމަށް ހަވާލުކޮށްފައިވަނީ މާރިސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. އެކުންފުންޏާ މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ 250 ދުވަހުގެ ތެރޭ ނިންމާގޮތަށެވެ. މި މަސައްކަތަށް ހަތަރު މިލޔިނަށްވުރެ ގިނަ ރުފިޔާ ދަޢުލާތުގެ ބަޖެޓުން ޚަރަދުވެއެވެ.

މީގެ އިތުރުން ސީއެޗްއެސްއީގެ 8 ފަންގިފިލާގެ އިމާރާތުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތަށް ތިރީސްތިން މިލިޔަން ރުފިޔާ ޚަރަދުވެއެވެ. މި އިމާރާތުގެ މަސައްކަތް 420 ދުވަހުގެ ތެރޭ ނިންމަށްޖެހެއެވެ.
މި މަސައްކަތްތަކަށް ޚަރަދުކުރަނީ މިއަރުގެ ބަޖެޓުގެ ޕީއެސްއައިޕީންއެވެ.