ވިޔަފާރި

ފިޔާ، ބިސް އަދި އަލުވީގެ އާ ޝިޕްމަންޓެއް އެސްޓީއޯއިން ގެނެސްފި


ރަމަޟާން މަހާ ދިމާކޮށް އެސްޓީއޯއިންގެންނަ ފިޔައާ ބިހާ އަލުވީގެ އާ ޝިޕްމެންޓް އިއްޔެ ރާއްޖެގެނެސްފިއެވެ.އެސްޓީއޯގެ ސީނިއަރ ޖެނެރަލް މެނޭޖަރ، ފާތުމަތު އާޝާން ވިދާޅުވީ ޝިޕްމެންޓް މިއަދު ބަޒާރަށް ނެރެވޭ ވަރު ވާނެ ކަމަށެވެ. އަދި މި ޝިޕްމެންޓްވެސް ވިއްކަމުންދާނީ ، ކުރިން އެސްޓިއޯއިން ވިއްކަމުންދިޔަ އަގުތަކުގައި ކަމަށެވެ. މީގެ އިތުރުން މި ޝިޕްމެންޓާއިއެކު، ކުރިއެކޭ އެއްގޮތަށް ހޯލްސޭލްކޮށް ބިސް ވިސްކަމުންދާނެކަމަށްވެސް އެސްޓިއޯއިން މައުލުމާތުދެއެވެ. އެސްޓީއޯއިން ބިސް ވިއްކަމުންދިޔައީ ރީޓެއިލްކޮށް ބިހެއް އެއް ރުފިޔާ ފަންސަވީސް ލާރި އަށެވެ. އަދި ބިސް ކޭހެއް 270 ރުފިޔާއަށެވެ.އެސްޓީއޯއިން ފިޔާ ކިލޯއެއް 10 ރުފިޔާ އަށް ވިއްކަމުންދާއިރު، ފިޔާ ބަސްތާއެއް ވިއްކަނީ 220 ރުފިޔާ އަށެވެ.  އަދި އަލުވި ކިލޯއެއް 9 ރުފިޔާއަށް ވިއްކާއިރު، އަލުވި ބަސްތާއެއް އެސްޓީއޯއިން ވިއްކަނީ 180 ރުފިޔާއަށެވެ.އަލަށް ގެނެވުނު ޝިޕްމެންޓާއެކު އާންމުންނަށް ދަތި ނުވެ މި ރަމަޟާން މަހު ފިޔާ ބިސް އަލުވި ފޯރުކޮށްދޭނެކަމަށް އެސްޓީއޯއިންވަނީ ހާމަކޮށްފައެވެ.